ކުނީގެ މައްސަލަ ހައްލުކުރަން ކައުންސިލްތަކަށް ގްރާންޓެއް

މިނިސްޓްރީން ބުނީ މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ސަރުކާރުން ރަށު ކައުންސިލްތަކަށް މިފަދަ ގޮތަކަށް ފޯރުކޮށްދޭ ފުރަތަމަ ގްރާންޓް ކަމަށެވެ.

ކައުންސިލްތަކަށް ކޮންޑިޝަނަލް ގްރާންޓް ދޫކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ރަށްރަށުގެ ކުނީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ރަށު ކައުންސިލްތަކަށް ކުނި މެނޭޖްކުރަން ހާއްސަ ގްރާންޓެއް ދީފި އެވެ.

މިއީ ގްރީން ފަންޑުގެ ދަށުން ކައުންސިލްތަކަށް ދޫކޮށްފައިވާ ކޮންޑިޝަނަލް ގްރާންޓެކެވެ. މިނިސްޓްރީން ބުނީ މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ސަރުކާރުން ރަށު ކައުންސިލްތަކަށް މިފަދަ ގޮތަކަށް ފޯރުކޮށްދޭ ފުރަތަމަ ގްރާންޓް ކަމަށެވެ.

މި ގްރާންޓްގެ ދަށުން؛

  • 30.8 މިލިއަން ރުފިޔާ ދޫކުރާނެ
  • 178 ރަށު ކައުންސިލަކަށް އެހީ ދޭނެ

މިކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން ރައީސް އޮފީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިތުރުން ރަށު ކައުންސިލް ތަކުން ބައިވެރިވެފައިވެ އެވެ.

ކުނި މެނޭޖްކުރުން ދަތި ވުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އޮތް މައްސަލައެކެވެ. މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކި ގޮތްގޮތަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.