އިހަވަންދޫ މަސްވެރިން ބާނާފައިވާ ކަޅުއުރަހަ ކަންނެއްޔަކީ އާއްމުކޮށް އިންޑިއާ ކަނޑުގައި އުޅޭ އެއްޗެއް ނޫނެވެ. މި ބާވަތުގެ ކަންނެލި އުޅެނީ ޕެސިފިކް ކަނޑުގަ އެވެ.
ކަންނެލި މަސްވެރިކަމުގައި ރާއްޖޭގައި އާއްމުކޮށް ބާނަނީ ރީނދޫ އުރަހަ ކަނެއްޔާއި ލޯބޮޑު ކަންނެއްޔެވެ. އެހެން ނަމަވެސް މަސްވެރި ކަމަށް މަޝްހޫރު ހއ. އިހަވަންދޫ ދޯންޏަކުން ވަނީ ރާއްޖޭގެ މަސްވެރިކަމުގައި އާއްމުކޮށް ނުބާނާ ޒާތުގެ ކަންނެއްޔެއް ބާނާފަ އެވެ. މަސްވެރިން މި ކަންނެއްޔަށް ދޭ ނަމަކީ ކަޅު އުރަހަ ކަންނެއްޔެވެ.
އިހަވަންދޫ މަސްވެރިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގައި އާއްމު ގޮތެއްގައި ބާނާ ޒާތުގެ ކަންނެއްޔެއް ނޫނެވެ. މިއީ މަސްވެރިންނަށް ނުފެންނަ ޒާތުގެ ތަފާތު ކަންޔެއްޔެކެވެ.
މި ކަންނެލީގެ ކޮތަރި ބައި ހުންނީ ކަޅުކޮށެވެ. އެކަމަކު ރާއްޖޭގައި އާއްމުކޮށް ބާނާ ކަންނެލީގެ ކޮތަރި ބައި ހުންނަނީ ރީނދޫ ކުލައިގަ އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ރެކޯޑުތައް ދައްކާ ގޮތުގައި މި އާދަޔާ ހިލާފު ކަންނެއްޔަކީ އާއްމުކޮށް ރާއްޖޭގައި ބާނާ އެއްޗެއް ނޫނެވެ. އަދި އެންމެފަހުން މީގެ ކަންނެއްޔެއް ބޭނިކަމަށް ރެކޯޑް ތަކުން ދައްކަނީ 2015 ވަނަ އަހަރު އެވެ. އެ ފަހަރުގެ ކަންނެލި ބޭނީ ތޮއްޑޫ "ނަސްރު" ދޯނިންނެވެ. މިއި ދުނިޔޭގެ ކަނޑުތަކުން ވެސް މަދުން ބާނާ ޒާތުގެ ކަންނެލީގެ ބާވަތެވެ. ކަންނެލި އާއިލާގައި ހިމެނޭ ބްލެކްފިން ޓޫނާ ނުވަތަ ކަޅު އުރަހަ ކަންނެލީގެ ސައިންޓިފިކް ނަމަކީ ތޫނަސް އެޓްލާންޓިކަސް އެވެ.
ރީނދޫ އުރަހަ ކަންނެލީގެ ބޮޑެތި މަހުގެ ބުރަކަށި މައްޗާއި ބަނޑުދަށްފަރާތުގެ ދެވަނަ ކޮތަރިބައި ވަރަށް ދިގުވާނެ އެވެ. މަހުގެ ކަންފަތްގަ ނޑު މަހުގެ މަތީބައިގެ ދެވަނަ ކޮތަރިބައި ފެށިފައިވާ ހިސާބައްވުރެ ފަހަތަށް ދިގުވެފައި ހުރެއެވ.ެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލަ އެވެ. ބަނޑުދަށާއި އަރިމަތީގެ ކުލައަކީ ރިހި ކުލަ އެވެ. ކޮތަރި ގަނޑުގެ ކުލައަކީ ރީނދޫ ކުލަ އެވެ. އަރިމަތީގައި ހުރަހަށް ގާތްގަ ނޑަކަށް 21 ރޮނގު ހުރެ އެވެ.
ލޯބޮޑު ކަންނެލީގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލަ އެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައެއްގަ އެވެ. ކޮތަރިތައް ހުންނަނީ ރީނދޫ ކުލައެއްގަ އެވެ. މި މަސް ރީނދޫއުރަހަ ކަންނެއްޔާ ތަފާތުވަނީ މި ރީނދޫއުރަހަ ކަންނެއްޔާ ހިލާފަށް މަހުގެ ގައި ފުން މެހެކެވެ. އަދި މަހުގެ ބުރަކަށިމައްޗާއި ބަ ނޑުދަށުގެ ދެވަނަ ކޮތަރިބައި ރީނދޫއުރަހަ ކަންނެއްޔާ އަޅާ ބަލާއިރު ކުރުވާނެ އެވެ. އަދި އަރިމަތީގައިވާ ފަނޑު ރޮނގުތައް ވެސް ތަފާތުވާނެ އެވެ. ރީނދޫއުރަހަ ކަންނެއްޔާއި ލޯބޮޑުކަންނެލީގެ އެއްގޮތްކަމުގެ ސަބަބުން ދެ ބާވަތް ވަކި ކުރަނ،ް ހާއްސަކޮށް ކުދި މަހުގައި ދަތިވެ އެވެ. މިހެންކަމުން މިދެބާވަތުގެ މަސް ވަކިކުރާނެގޮތް ދެން އޮތް ތާވަލުގައި ވާނެ އެވެ.