އެމްޑީޕީގެ ތާއީދު އަބަދުވެސް ބޮޑު މާފުށީގެ ގިނަ ބަޔަކު ވަނީ ރައީސް ސޯލިހަށް މަރުހަބާ ކިޔަން ޖަމާވެފައެވެ. ރައީސް ވަނީ ކުދި ބޮޑު އެންމެންނާއި ސަލާމް ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މާލެ އަތޮޅު ގުރައިދޫ ދާއިރާގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާފުއްޓަށް ވަޑައިގެންފި އެވެ.
މާފުށީން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރަށު ފަތުރުވެރިކަމުގެ މައި ރަށުގެ ގޮތުގައި މަޝްހޫރު މާފުށީން ރައީސަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާއެކު އެވެ.
އެމަނިކުފާނު ވަނީ މާފުށީ ރައްޔިތުންގެ ފަރާތުން މަރުހަބާ ކިޔުމަށް ކުރިއަށް ގެންދިޔަ ހަރަކާތް ބައްލަވާލައްވާ އެ ހަރަކާތުގައި ބައިވެރިވި މީހުންނާއި ސަލާމް ކުރައްވާ ވިދާޅުވި މަރުހަބާއަށް ޝުުކުރު ދަންނަވާފައެވެ.
އެމްޑީޕީގެ ތާއީދު އަބަދުވެސް ބޮޑު މާފުށީގެ ގިނަ ބަޔަކު ވަނީ ރައީސް ސޯލިހަށް މަރުހަބާ ކިޔަން ޖަމާވެފައެވެ. ރައީސް ވަނީ ކުދި ބޮޑު އެންމެންނާއި ސަލާމް ކުރައްވާފައެވެ.
މާފުށީގައި މިރޭ ކެމްޕެއިން ބޮޑު ޖަލްސާ އޮންނާނެ އެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވާފައެވެ.
ރައީސްގެ އަރިހުގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެމަނިކުފާނާއެކު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީއާ އެމްޑީއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ސޯލިހް މިއަދު ފުރަތަމަ ވަޑައިގަތީ ގުޅި އަށެވެ. އޭގެ ފަހުން ގުރައިދޫއަށެވެ. ފަހު މަންޒިލަކީ މާފުއްޓެވެ.
އެމަނިކުފާނު ވަނީ ރިޔާސީ ދެވަނަ ދައުރެއްގައި އިސްކަން ދެއްވާނެ ކަންކަމާއި ގުޅި އަދި ގުރައިދޫއަށް ކޮށްދެއްވާނެ ކަންކަން ތަފްސީީލުކޮށް ދެއްވާފައެވެ.
ރައީސްގެ ކެމްޕެއިން ރަސްމީކޮށް ފެށީ މިދިޔަ ހަފްތާގައި ށ ފޯކައިދޫގައި ބޭއްވި ބޮޑު ޖަލްސާ އިންނެވެ. އެ ދަތުރުފުޅުގައި ށ އަތޮޅުގެ ގިނަ ރަށްތަަކަށް ވަޑައިގެންނެވި އެވެ.
މާލެ ވަޑައިގެން އެމަނިކުފާނު ވަނީ އިއްޔެ ގަލޮޅު ދެކުނު ދާއިރާގައި ޑޯ ޓް ޑޯ ވެސް ޖައްސަވާފައެވެ.
އެމަނިކުފާނު ގެންދަވަނީ ސެޕްޓެންބަރު ނުވައެއްގެ އިންތިހާބުގައި އެއްބުރުން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށް ވިދާޅުވަމުންނެވެ.