މިއަދު ގުޅީގައި ރައީސް ވަނީ އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވައި ދެއްވާފަ އެވެ. ރައީސްގެ ކެމްޕޭން ދަތުރުފުޅުގައި މިއަދު މާލެ އަތޮޅު ގުރައިދޫ އަދި މާފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ.
އިދިކޮޅު ޕާޓީތަކުން ސަރުކާރަކަށް ފާޑު ކިޔައި މުޒާހަރާ ކުރި ނަމަވެސް ވެރިކަމުގައި ތިބޭ ބަޔަކު ނުކުމެ މުޒާހަރާ ކުރަން ނުޖެހޭނެ ކަމަށާއި އެއީ ވިސްނާލަން ޖެހޭނެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅު ވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިއަދު މާލެ އަތޮޅުގެ ތިން ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ ވެރިކަމުގައި ތިބެ މުޒާހަރާއަށް ނުކުންނަން ޖެހުމުން އެއީ ވިސްނާލަން ޖެހޭނެ ކަމެއް ކަމަށާއި އެއީ ފިކުރު ކުރަން ޖެހޭ ސިޔާސަތެއް ކަމަށެވެ.
އެ މަނިކުފާނު ދެކެ ވަޑައިގަންނަވާ ގޮތުގައި މިއަދުގެ ޒަމާނުގައި ސަރުކާރުގައި ތިބެ މުޒާހަރާ ކުރުމަކީ އެއީ މާޒީ ވެފައިވާ ސިޔާސަތެއް ކަމަށާއި ދިވެހި ރާއްޖެ އޮތީ އާ ފަސް އަހަރަށް ތައްޔާރުވެފައިވާ ކަމަށެވެ. ރައްޔިތުން މިު ސަރުކާރާއި ހަވާލު ކުރި ކަންކަން ކުރަމުން ގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އަސާސީ ހިދުމަތްތައް ލިބެން ނެތުމުގެ ދައްޗާ ކުރިމަތިވި ވަޑައިގެންނެވި ކަމަށާއި ރަށްރަށުން އައީ އަސާސީ ހިދުމަތް ނުލިބޭ ޝަކުވާތައް ކަމަށެވެ. ކުރީގެ ސަރުކާރުތަކުން އެ ޒަރޫރީ ބޭނުންތައް ގެނެސްދީފައި ނެތް ޝަކުވާތައް ކަމަށެވެ. އެކަން ކަމާ ގުޅިގެން އިސްކަން ދެއްވަން ޖެހި ވަޑައިގަތީ ތަފާތު ކުރުމެއް ނެތު އެ އަސާސީ ހިދުމަތްތައް ދޭނެ ކަމަށެވެ.
މިއަދު ގުޅީގައި ރައީސް ވަނީ އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވައި ދެއްވާފަ އެވެ. ރައީސްގެ ކެމްޕޭން ދަތުރުފުޅުގައި މިއަދު މާލެ އަތޮޅު ގުރައިދޫ އަދި މާފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ.