އޮން އަރައިވަލް ވިސާގައި މިސްރަށް ދެވޭ ގޮތް ހަމަޖައްސައިފި

ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް މިސްރުން ވިސާ އޮން އެރައިވަލް ދޭން ނިންމި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމުގެ ރަމްޒެއް ކަމަށެވެ.

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް

ދިވެހިންނަށް އޮން އެރައިވަލް ވިސާގައި މިސްރަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓަރީން ބުނީ އެ އިންތިޒާމުގެ ދަށުން ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތައް މިސްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށެވެ. 

މި ވިސާއަކީ ޓޫރިސްޓް ވިސާއެކެވެ. އަދި މި ވިސާގެ ފީއަކީ 25 އެމެރިކާ ޑޮލަރެވެ.

ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާ އޮން އެރައިވަލް ދޭން މިސްރު ސަރުކާރުން ނިންމާފައި ވިއަސް 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިސްރަށް ޒިޔާރަތް ކުރާށާއި ވަޒީފާ އަދާ ކުރާށާއި ތައުލީމް ހާސިލް ކުރަން އަދި ވިޔަފާރި ކުރުމަށް ބޭނުންވާ ދިވެހިން މިސްރަށް ދަތުރުކުމުގެ ކުރިން އެކަމަކާ ގުޅޭ ވިސާ ނަގަން ޖެހޭނެ އެވެ.  

ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް މިސްރުން ވިސާ އޮން އެރައިވަލް ދޭން ނިންމި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމުގެ ރަމްޒެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.