ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެންމެ "މި" ނޫހަަށް ވިދާޅުވީ ޑިމޮކްރެޓްސްގެ ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. އެ ޖަލްސާގައި ރައީސް ނަޝީދު އެ ޕާޓީއަށް ސޮއި ކުރަައްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި ކުރީން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ބުރާސްފަތި ދުވަހު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެންމެ "މި" ނޫހަަށް ވިދާޅުވީ ޑިމޮކްރެޓްސްގެ ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. އެ ޖަލްސާގައި ރައީސް ނަޝީދު އެ ޕާޓީއަށް ސޮއި ކުރަައްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި އެމަނިކުފާނާއެކު މަޖިލީހުގެ ބައެއް މެންބަރުން ވެސް ގުޅިވަޑައިގަންނަވާނެ ކަމަަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ޖަލްސާ އޮތީ އާޓިފިޝަލް ބީޗުގައެވެ.
ބެލެވޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަަޝީދު އެ ރޭ އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ އެވެ. ރަޝީދަކީ ނަޝީދާއެކު އެމްޑީޕީން ވަކިވެވަޑަައިގެންފައެވެ.
ދަ ޑިމޮކްރެޓްސް" އަކީ ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން އެމްޑީޕީން ވަކިވެ އުފައްދަން މަަަސައްކަތް ކުރާ ޕާޓީ އެކެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާ މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. ތަގުރީރުވެސް ކުރެއްވި އެވެ. އަދި އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑު ތިބޭފުޅުންނާއި [ޑިމޮކްރެޓްސްއާ] ގުޅޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،"
އެ ދެ ބޭފުޅުން ގުޅިވަޑަައިގަތުމުން ޑިމޮކްރެޓުންގެ މަޖިލީސް މެންބަރުންގެ އަދަދު 15 އަށް އަރާނެ އެވެ. މި ހަފްތާގައި ޑިމޮކްރެޓްސް ރަސްމީ ކޮށް ރަޖިސްޓްރީ ކޮށްދޭނެ ކަމަަށް ބެލެވެއެވެ. އޭރުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ވާނީ ޑިމޮކްރެޓްސް އެވެ.
ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. 2003 ވަނަ އަހަރު އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ލަންކާގައި ފެއްޓެވިއިރު އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުން ވަރަށް ބޮޑެވެ. އެމްޑީޕީގެ ހަޔާތުން ފާއިތުވެދިޔަ 18 ވަރަކަށް އަހަރު އެ ޕާޓީގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ނަޝީދެވެ.
އެ ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނެވެ. އެ ޕާޓީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެން ފުރަތަމަ ބޭފުޅަކީ ވެސް އެއީ އެވެ.
ނަޝީދުގެ މަގުބޫލުކަން ޕާޓީގެ ތެރޭގައި ކުޑަވާން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތް ފަހުންނެވެ. އެމްޑީޕީގެ ބޮޑު ތާއީދެއް މިހާރު ރައީސް ސޯލިހަށް އެބައޮތެވެ.
ނަަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މީގެ 19 ދުވަސް ކުރީން ޖޫން 21 ގައެވެ.