އިންޑިއާއިން ހިންގައިދޭ އަށް ޕްރޮޖެކްޓަކަށް ފައިސާ ދޫކޮށްފި

ރާއްޖޭގެ މިހާރުގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖޭގައި ގިނަ މަސައްކަތްތަކެއްވެސް މިހާރު އިންޑިއާގެ އެހީގައި ކުރިޔަށް ދެއެވެ.

ހުޅުމާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އޮފީސް އިމާރާތް

އަވަށްޓެރި އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގައިދޭ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގައި އިތުރު އަށް ޕްރޮޖެކްޓަކަށް މޯބިލައިޒޭޝަން އެޑްވާންސްގެ ގޮތުގައި އިންޑިއާ ސަރުކާރުން އިއްޔެ 3.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. 

މިއީ މި ޕްރޮޖެކްޓގެ ދެވަނަ ފިޔަވައްސެވެ. 

މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ރަށްރަށުގައި މައިގަނޑު ގޮތެއްގައި އުމްރާނީ ތަރައްގީއަށް ހިންގާ ކޮމިއުނިޓީ އޮރިއެންޓެޑް ޕްރޮޖެކްޓްތައް ހިންގަން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ޖެނުއަރީ 18، 2023 އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއިކޮށް ފެށި ޕްރޮޖެކްޓެކެވެ. 

އިންޑިއާ ހައިކޮމިޝަނުން "މި" ނޫހަށް ފޮނުވި ލިޔުމެއްގައި ބުނާ ގޮތުން މި މަޝްރޫއުތަކުގެ ފައިދާ ސީދާ ދިވެހި މުޖުތަމައަށް ކުރާނެ އެވެ. 

ދެވަނަ ފިޔަވަހީގެ މަޝްރޫއުތައް

  •  މާލޭގައި ހުންނަ އާޓްސް ސެންޓަރު
  •  ލ. ހިންނަވަރު އާ ކައުންސިލް އިދާރާ އިމާރާތް ކުރުން
  •  ލ. އަތޮޅު އެޑިއުކޭޓާ އޮންސެންޓާގެ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް
  •  ސ. ހިތަދޫ ބޭރުމަތި ދައިރާގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުން
  •  އައްޑޫ، ހިތަދޫ ރަސްގެދަރަ ދައިރާގައި އައުޓްޑޯ ޖިމް ތަރައްގީކުރުން
  •  ގދ. ވާދޫގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުން
  •  ހއ. ދިއްދޫގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުން
  •  ށ. މިލަންދޫގައި ރަނިންގ ޓްރެކް ތަރައްގީ ކުރުން

އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖޭގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގަން އިންޑިއާއިން ޖުމްލަ 361 މިލިއަން ރުފިޔާގެ ހިލޭ ކަނޑައަޅާފައިވާ ކަމަށާއި މިވަގުތު ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރީ އާއި އެހެން މިނިސްޓަރީތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ 20 އަތޮޅެއްގައި 56 މަޝްރޫއެއް ހިންގާ ކަމަށެވެ. 

އަދި ބުނީ އެ 56 މަޝްރޫއުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި، ތައުލީމާއި ސިއްހީ ދާއިރާއާ މަދަނީ ވަސީލަތްތަކާއި މަސްވެރިކަމާއި ފަތުރުވެރިކަމާއި ސަގާފީ ދާއިރާ ފަދަ ދިވެހިންނާ ވަރަށް ގާތް ދާއިރާތައް ކަމަށެވެ.

އިންޑިއާއިން ހިންގައި އެ މަޝްރޫއުތަކުގެ ތެރެއިން ތެރެއިން 26 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައި ވެއެވެ. އަދި ހަ މަޝްރޫއެއް ވަނީ ނިމުމާ ކައިރީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.