ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯހެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ގެއްލުންތައްވެފައިވާއިރު ކަނޑުމަތީގެ ހާދިސާތައް ވެސް ހިނގާފައި ވެއެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އަރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ / ފޯކާސްޓް ކޮށްފި އެވެ.
މިދިއަ ހަފުތާއަކީ ރާއްޖެއަށް މޫސުން ގޯސް ހަފުތާއެކެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގެއްލުން ލިބިފައިވާއިރު ކަނޑުމަތީގެ ހާދިސާތައް ވެސް ހިނގާފައި ވެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ފޯކާސްޓް ކުރި ނަމަވެސް މެޓް ބުނެފައިވާ ގޮތުގައި ރާއްޖޭގެ މޫސުން މިއަދު ރަނގަޅެވެ. ކަނދުތައް ވެސް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކުގެ ރަށް ތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ރަށް ތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ވެސް ލަފާ ކޮށްފައި ވެއެވެ. އަދި މިއަދު ރާޅުގެ އުސްމިން ހަތަރު ފޫޓަށް އުފުލޭނެ އެވެ.