މި ޕްރޮގްރާމްގައި ޑިސިޕްލިން ބިނާ ކުރުމާއި ސައިކޮލޮޖީ ޕްރޮގްރާމްތަކާއި އެޑިއުކޭޝަން އަދި ވޮކޭޝަންގެ އިތުރުން ޕްރިޒަން ކޮމިއުނިޓީ ސާވިސް ވެސް ހިމެނެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެ ޕްރޮގްރާމަކީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗެވެ. މިި ބެޗްގައި ޖަލުގައި ތިބި ފިރިހެން ގައިދީންގެ ތެރެއިން 55 ގައިދީއަކު ބައިވެރިވެ އެވެ.
ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރޭން ގައިދީން އިސްލާހުކޮށް އެ މީހުންނަށް ތައުލީމާއި ހުނަރު އުނގަންނައި ދިނުމާއެކު މުޖުތަމައަށް ނުކުންނަ އިރު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރަން ދަސްކޮށްދީ ކުށުގެ ވެށިން ދުރުހެލިވެ އުޅެން މަގު ފަހިކޮށް ދޭނެ އެވެ.
މި ޕްރޮގްރާމްގައި ޑިސިޕްލިން ބިނާ ކުރުމާއި ސައިކޮލޮޖީ ޕްރޮގްރާމްތަކާއި އެޑިއުކޭޝަން އަދި ވޮކޭޝަންގެ އިތުރުން ޕްރިޒަން ކޮމިއުނިޓީ ސާވިސް ވެސް ހިމެނެ އެވެ.