ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތު އޮތް ގައްބަރޭ ދޫކޮށްލައިފި

ގައްބަރޭގެ ނަމުން މަޝްހޫރު އިބްރާހިމް އަބްދުﷲ އަކީ އެމްޑީޕީގެ ދާއިރާގެ ރައީސެކެވެ.

އިބްރާހީމް އަބްދުﷲ (ގައްބަރޭ)

ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުސް އިދާރާއަށް ހާޒިރުވުމުން ހައްޔަރު ކުރި އިބްރާހީމް އަބްދުﷲ (ގައްބަރޭ) / މއ. ނައިޓްވިލާ، ބަންދުން ދޫކޮށްލައިފި އެވެ.

މަޖިލިސް މެންބަރު ޒަރީރަށް ހަމަލާދިނީ މެއި މަހުގެ ފުރަތަމަ ދުވަހުގެރޭ ފަތިހު އެވެ. އެ މައްސަލައިގައި ގައްބަރޭ ހޯދަން އިއުލާނު ޖެނީ މެއި މަހުގެ 15 އިގައެވެ. އޭނާ އަމިއްލައަށް ފުުލުހަށް ހާޒިރުވީ އޭގެ ދުވަސްތަކެއް ފަހުން 23 ވަނަ ދުވަހު އެވެ.  

އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. ނަމަވެސް ކޯޓުން ފަހުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ބަންދުން ދޫކޮށްލާފައެވެ. 

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި އިތުރު ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. 

ގައްބަރޭގެ ނަމުން މަޝްހޫރު އިބްރާހިމް އަބްދުﷲ އަކީ އެމްޑީޕީގެ ދާއިރާގެ ރައީސެކެވެ. މޫނު ނިވާ ކުރުމަކާ ވެސް ނުލައި މެންބަރުގެ ކުރިމައްޗަށް އަރައި އެރޭ ފުރަތަމަ ހަމަލާ ދީފައި ވަނީ އަތް އިސްކޮށްގެނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.