ހަންގޭރީއަށް ކިޔަވަންދާ ދަރިވަރުންނަށް ވިސާ ހޯދަން ފަސޭހަ ގޮތެއް

އެ ޕްރޮސެސް ނިމުމާއެކު އެ އެމްބަސީން ރާއްޖޭގައި ހުންނަ ވީއެފްއެސް ގްލޯބަލް އެޕްލިކޭޝަން ސެންޓަރަށް ސްޓޭމްޕް ޖަހާފައިވާ ވިސާތަކާއެކު ލިޔެކިޔުންތަކާއި ޕާސްޕޯޓްތައް އަނބުރާ ފޮނުވާނެ އެވެ.

މިދިޔަ އަހަރު ހަންޖޭރީ ސަރުކާރުން ދޭ ސްކޯލާޝިޕަށް ހޮވުނު ދަރިވަރުންނާއެކު ޖަނާ --

ހަންގޭރީ ސަރުކާރުން ދޫކުރާ ސްކޯޕަޝިޕް ޕްރޮގްރާމްގެ ދަށުން އެގައުމަށް ކިޔަވަންދާ ދިވެހި ދަރިވަރުންނަށް ވިސާ ހޯދޭނެ ފަސޭހަ އަދި ލުއި ގޮތްތަކެއް ހޯދާ ދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެ އެވެ.

ޖަނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާންކުރި ސްޓިޕެންޑިއަމް ހަންގޭރިކަމް ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ހަންގޭރީއަށް ދަތުރުކުރާ ރާއްޖޭގެ ދަރިވަރުންނަށް ވިސާ އެޕްލިކޭޝަން ޕްރޮސެސް ފަސޭހަކޮށްދިނުމަށް އިންޑިއާގެ ނިއުދިއްލީގައި ހުންނަ ހަންގޭރީގެ އެމްބަސީއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން، ދަރިވަރުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލް ޝެންޖެން ވިސާ އެޕްލިކޭޝަން ސެންޓަރަށެވެ. އެ ފިޒިކަލް އެޕްލިކޭޝަންތައް ހަންގޭރީގެ އެމްބަސީއަށް ފޯރުވުމުން، އެމްބަސީން ކެންޑިޑޭޓާއެކު ވާޗުއަލް ބައްދަލުވުންތައް އިންތިޒާމް ކުރާނެ އެވެ. 

އެ ޕްރޮސެސް ނިމުމާއެކު އެ އެމްބަސީން ރާއްޖޭގައި ހުންނަ ވީއެފްއެސް ގްލޯބަލް އެޕްލިކޭޝަން ސެންޓަރަށް ސްޓޭމްޕް ޖަހާފައިވާ ވިސާތަކާއެކު ލިޔެކިޔުންތަކާއި ޕާސްޕޯޓްތައް އަނބުރާ ފޮނުވާނެ އެވެ. 

އެހެންކަމުން ދަރިވަރުންނަށް ނިއުދިއްލީގައި ހުންނަ ހަންގޭރީގެ އެމްބަސީއަށް ދަތުރުކުރަން ނުޖެހޭނެ ކަމަށް ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ މިކަމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރުމަށާއި، ދަރިވަރުންގެ ހުރި ސުވާލުތަކަށް ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ info@honconsulofhungary.mv އީމެއިލް މެދުވެރިކޮށް އެންގުމަށް އޭނާ އެދިފައިވެ އެވެ.

މަތީ ތައުލީމާ ބެހޭ އެއްބަސްވުމެއްގެ ދަށުން ހަންގޭރީއިން ދިވެހި ދަރިވަރުންނަށް އަހަރަކު ދެމުން އައި ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް ވަނީ މިހާރު އިތުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.