ފުލުހުން ބުނީ މަންޑޭ ފުރުން މަނާކޮށް ނެރުނު އަމުރު މިއަދު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުން ހައިކޯޓްގަައި އިސްތިއުނާފު ކޮށް ދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެދޭނެ ކަމަށެވެ.
ކޭޕާކް ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދަރު ހަސަން މަމްދޫހް (މަންޑޭ) ފުރުން މަނާކޮށް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
ހަންބޯ މޯލްޑިވްސް ކުންފުނިން ހުޅުމާލޭގައި ހަދަމުން ގެންދާ "ކޭޕާކް ރެސިޑެންސް" ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދާރުން، އެޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދައި ބޮޑެތި އަދަދު ތަކުން ފައިސާ ނަގާފައިވާ ކަމަށް ބުނާ މައްސަލަ އެއް ފުލުހުން ދަނީ ބަލަމުންނެވެ.
މި މައްސަލަ ފެންމަތިވުމާއެކު ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަތިން ކޯޓް އަމުރަށް މަންޑޭގެ ޕާސްޕޯޓް ހިފައްޓާފައިވެ އެވެ.
ނަމަވެސް އެ އަމުުރު މުރާޖައާކޮށްދޭން އެދުމުން ކޯޓުން ވަނީ މައްސަލަ ބެލުމަށް ފަހު އަމުރު ބާތިލް ކޮށްފައެވެ. އަދި ޕާސްޕޯޓް ދޫކޮށްލާ ފުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެ ހުއްދަ ދިނީ 45 ދުވަހުގެ މުއްދަތަށް ކަމަށް ވެއެވެ.
ފުލުހުން ބުނީ މަންޑޭ ފުރުން މަނާކޮށް ނެރުނު އަމުރު މިއަދު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުން ހައިކޯޓްގަައި އިސްތިއުނާފު ކޮށް ދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެދޭނެ ކަމަށެވެ.
ކޭ-ޕާކް ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީއަކީ މަޝްރޫއު ހިންގައި މާކެޓް ކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ. މި މައްސަލާގައި ފުރަތަމަ ފުލުހަށް ދިޔައީ ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން އެވެ.
ތިމަސްއަލަ ޕީޖީ އޮފީހުން ހައިކޯޓްގަ އިސްތިއުނާފު ކުރަން އެދުމުގެ ކުރިން އޭނާ ރާއްޖެދޫކޮއްފިލާނެ މިއީ މިހާތަނަށް ރާއްޖޭގަ ކަންތަށްހިގާފަހުރިގޮތް