މެއި މަހު އެންމެ ބޮޑަށް އަގު ދަށްވީ ކަރަންޓު ބިލްތަކުގެ

މިދިޔަ މަހު ޖުމްލަކޮށް ރާއްޖޭގެ އަގުތައް ވަނީ 0.40 ޕަސެންޓް ދަށްވެފަ އެވެ. އެންމެ ބޮަޑަށް ދަށްވި ކަރަންޓުގެ އަގުތައް ވަނީ 3.39 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. އަދި އެންމެ ބޮޑުވި އެއް ދާއިރާއަކީ އެއާލައިން ޓިކެޓުގެ އަގުތަކެވެ.

މާލެ ލޯކަލް މާރުކޭޓް: މިދިޔަ މަހު އަގު ދަށްވީ ކަަރަންޓު ބިލްތަކުގެ -- މި

މިދިޔަ މެއި މަހު އެއްވެސް އެއްޗެއްގެ އަގު ދަށްވި ކަމަށް ދެއްކި ހެއްޔެވެ؟ ވިޔަފާރި ކުރަން ގޮސް އުޅޭއިރު އެކަން ފާހަގަވި ހެއްޔެވެ؟ މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ (އެމްބީއެސް) އިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ތަކެއްޗާއި ހިދުމަތުގެ އަގުތައް ޖުމްލަކޮށް ވަނީ 0.40 ޕަސެންޓް ދަށްވެފަ އެވެ. 

ބާޒާރުގެ އަގުތަކަށް އަންނަ ބަދަލު އާއްމުކުރަން އެމްބީއެސް އިން މަހަކު އެއްފަހަރު ނެރޭ ކޮންސިއުމާ ޕްރައިސް އިންޑެސްޓް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ މަހު އަގުތައް 0.40 ޕަސެންޓް ދަށްވެފައިވާއިރު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ކަރަންޓު ބިލްތަކުގެ އެވެ. 

އަގު ދަށަށް ދިޔަ ދާއިރާތައް

  •  ކަރަންޓު ބިލްތައް - %3.39
  •  މޮބައިލް ކޮމިއުނިކޭޝަން - %3.54
  •  މޭވާގެ އަގުތައް - %4.05
  •  ތަރުކާރީގެ އަގުތައް - % 4.6
  •  ފެން ބިލް - %1.03
  •  މަހުގެ ބާވަތްތައް - %0.69

ކަރަންޓު ބިލްގެ އަގުތައް މިދިޔަ މަހު ދަށްވިއިރު މިއީ އޭގެ ކުރީ މަހު އެންމެ ބޮޑަށް އުފުލުނު އެއް ދާއިރާއެވެ. އެޕްރީލް މަހު ކަރަންޓު ބިލްތައް 6.21 ޕަސެންޓް އުފުލުމެއް ފާހަގަ ކުރެވުނު ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ބުނެފައިވެ އެވެ. 

މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވާ ކަމަށް ބުނެފައިވަނީ މަހުގެ ބާވަތްތަކުގެ އެވެ. މަހުގެ އަގުތައް ވަނީ 0.91 ޕަސެންޓް އުފުލިފަ އެވެ.

މީގެ އިތުރުން ދެން ހިމެނެނީ ހައުސް ހޯލްޑް އައިޓަމްސްތަކެވެ. އެގޮތުން އެބާވަތްތަކުން އަގުތައް ވަނީ 2.65 ޕަސެންޓް އުފުލިފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ އަގުތައްވެސް 1.90 ޕަސެންޓް މަތިވެފައިވާ ކަމަށް ދައްކަ އެވެ. މީގެ އިތުރުން މަތިވެފައިވަނީ މޮބައިލް ޓެލެފޯން އިކްއިޕްމަންޓުގެ ބައިންނެވެ. މިބައިގެ އަގުތައް ވަނީ 0.96 ޕަސެންޓަށް އުފުލިފަ އެވެ. ސައިކަލްގެ އަގުތައް 0.59 ޕަސެންޓް ، ކިރު އަދި ކުކުޅު ބިހުގެ އަގުތައް 0.29 ޕަސެންޓަށް އުފުލިފައިވެ އެވެ. 

ސީޕީއައި ނަގާ ގޮތް - ސީޕީއައި ހިސާބުކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.