އަރިއަތޮޅުގެ އެންމެ ޝަރަފުވެރި މުބާރާތް: ޔޫއެސްސީ ފުޓްސަލް ޓޯނަމަންޓް ކުރިއަށް

މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އަރިއަތޮޅުގައި ބޭއްވޭ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތެވެ.

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 17 ވަނަ ފުޓްސަލް ޓޯނަމަންޓް ފެށުން

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 17 ވަނަ ފުޓްސަލް ޓޯނަމަންޓް ފަށައިފި އެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ "ރައުޚް ޔޫއެސްސީ 17 ވަނަ ފުޓްސަލް ޓޯނަމަންޓް" ނަމުގައެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އަރިއަތޮޅުގައި ބޭއްވޭ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތެވެ.

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 17 ވަނަ ފުޓްސަލް ޓޯނަމަންޓް ފެށުން

މި އަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަ ކުރެ އެވެ. ރާއްޖޭގައި ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރީން މި އަހަރުގެ މުބާރާތުގައި ކުޅެ އެވެ.

މަތިވެރީގެ އެންމެ ގިނަ ދުވަސްވީ ޖަމިއްޔާއިން ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް އަލްހާ އީދާ ދިމާކޮށް ބާއްވާ މުބާރާތެކެވެ. މި ފަހަރު ޗެމްޕެއިން ޓީމަށް 36،017 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. ރަނަރަޕް ޓީމަށް 11،017 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިއީ މި މުބާރާތަށް އެންމެ ބޮޑު އަގެއް ހުށައެޅި ފަހަރެވެ.

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 17 ވަނަ ފުޓްސަލް ޓޯނަމަންޓް ފެށުން

މި އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހެޕީ މާކެޓްގެ ރައުޚް ބްރޭންޑެވެ. އެކޮމަޑޭޝަން ޕާޓްނަރަކީ ކެޕްޓަލް އައިލެންޑް ވިލާ އެވެ. ކޭޓަރިން ޕާޓްނަރަކީ އިރުބެ ކެފޭ އެންޑް ރެސްޓޯރަންޓެވެ.

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 17 ވަނަ ފުޓްސަލް ޓޯނަމަންޓް ފެށުން

ޔޫއެސްސީއަކީ މުޅި އަރިއަތޮޅުގައިވެސް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. މަތިވެރިއާ މުޅި އަތޮޅަށް އަމާޒުކޮށްވެސް އެކި މުބާރާތްތައް ކުރިއަށް ގެންދެއެވެ. އެންމެ ފާހަގަކޮށްލެވެނީ މިދިޔަ 22 އަހަރު މެދުކެނޑުމެއް ނެތި މަތިވެރީގައި ބާއްވަމުން އައި ގުރުއާން މުބާރާތެވެ. މަތިވެރީގެ އިޖްތިމާއީ ތަރައްގީއަށް ކުރެވުނު ކޮންމެ މަސައްކަތެއްގައި ޔޫއެސްސީގެ ދައުރު ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.