ރާއްޖޭވެރިކަމަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތް ދުވަސްވަރުން ފެށިގެން އެ މަނިކުފާނު ގެންދަވަނީ ފްލޯޓި ސިޓީ ހަދަން މަސައްކަތް ކުރައްވަމުންނެވެ. އަލުން އެމްޑީޕީއަށް ވެރިކަން ލިބުމުން މި ސަރުކާރާއެކުވެސް ފެއްޓެވީ އެ މަސައްކަތެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭ މަސައްކަތް ފަށަން ބުނި ފްލޯޓިން ސިޓީގެ މަސައްކަތް އަދިވެސް ނުފެށެ އެވެ. އެއީ ފަށާނެ މަސައްކަތެއް ކަމަކަށް ވެސް ނުބެލެވެ އެވެ. އޭގެ ބަދަލުގައި އެއީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ވިޔަފާރިކޮށް ނަފާ ހޯދަން ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މާލެ އަތޮޅުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ކަމަށް ސަރުކާރުން ބުންޏެވެ. "މޯލްޑިވްސް ފްލޯޓިން އައިލަންޑްސް" ގެ ނަމުން ނަން ދީފައިވާ ސިޓީ ތަރައްގީ ކުރަން ފަރުމާ ކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ބައެއް ނޫސްތަކުން ވެސް ވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި ފްލޯޓިން ސިޓީގެ މަސައްކަތް ފެށޭނެ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. އެހެން ނަމަވެސް އަހަރު ނިމި މި އަހަރުގެ ދެ ވަނަ މަސް ފެށިގެން ކުރިއަށްދާ އިރުވެސް ފްލޯޓިން ސިޓީއެއް ތަރައްގީކުރަން ބުނި ފަޅު އޮތީ ހުސްކޮށެވެ.
އެ މަޝްރޫއު ހިންގަން ހަވާލުކުރި ކުންފުނިން އެ ސަރަހައްދުގެ ކަނޑު އަޑީގެ ވެއްޔާއި ފަރުތަކުގެ ހާލަތު ބެލުމަށް ބޯ ހޯލިންގް މަސައްކަތް ވެސް ކުރިކަމަށް މައުލޫމާތު ލިބުނެވެ. އެހެން ނަމަވެސް އަމަލީ މަސައްކަތް ފަށަން ކީ މަސް ފާއިތުވެގެން ހައެއްކަ މަސް ދާއިރުވެސް އަމަލީގޮތިން ކުލަޖެހިގެން ނުދެއެވެ.
ސަރުކާރުން ނިންމާފައި އޮތީ އާރަށު ކައިރި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ތަރައްގީކުރާ އެ ފްލޯޓިން ސިޓީގައި 5000 ގޯއްޗާއި، ހޮސްޕިޓަލަކާއި ސްކޫލެއްގެ އިތުރުން އޮފީސްތަކާއި މޯލްއެއްވެސް ހަދަންށެވެ. އަދި އެ ސިޓީކައިރި ފަސްތަރީގެ ރިސޯޓަކާއި ޔޮތު މެރީނާ އެއްވެސް ތަރައްގީ ކުރާ ވާހަކަ އޭރު ދެއްކިއެވެ.
މާލެއިން ފުރައިގެން އެ ސިޓީއަށް ދިޔުމަށް 10 ވަރަކަށް މިނިޓް ނަގާނެ ކަމަށް ލަފާކޮށްފައިވާއިރު ދަތުރު ކުރަން ވެސް ނިންމާފައި އޮތީ ފެރީގެ ބަދަލުގައި އިލެކްޓްރޯނިކް އުޅަނދުތަކެކެވެ.
އެންމެ ފުރަތަމަ ފްލޯޓިން އައިލޭންޑެއް ހެދުމަށް ކަމަށް ބުނެ ފަޅެއް ޑަޗްޑޮކްލޭންޑްސް ނަމަކަށް ކިޔާ ކުންފުންޏަކށް ދީފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރުވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދެއެވެ. އަދި އެފަދަ ފްލޯޓިން އައިލޭންޑެއް ހެދުމުގެ ޤާބިލުކަންވެސް އެ ކުންފުނީގައި ހުރިކަމެއް އެނގޭކަށް ނެތެވެ.
މި މަޝްރޫއު ކުރިއަށް ދޭތޯ ޓުއަރިޒަމް މިނިސްޓަރު މައުސޫމް އާއި ސުވާލު ކުރުމުން މިނިސްޓަރު އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.