އެހެންވެ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރާނެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުން މިއަދު އެކި ވަގުތުތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް އަދިވެސް ނިމިފައި ނުވާ ކަމަށެވެ.
އެހެންވެ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެދުވަހު ދެ ވަގުތެއްގައި ހިޔާގެ އެކި ޓަވަރުތަކުން ކަރަންޓު ކެނޑޭނެ އެވެ. އެ ވަގުތުތަކަކީ؛
ހިޔާ އަވަށުގައި ވަރަށް ބޮޑު އާބާދީއެއް ދަނީ ދިރިއުޅެމުންނެވެ. ކަރަންޓު ކެނޑިއްޖެނަމަ މީހުންނަށް އެންމެ ބޮޑު ތަކުލީފަކަށްވާނީ ވަދެ ނިކުތުމަށެވެ. އެއީ ކަރަންޓު ކެނޑިއްޖެނަމަ ލިސްޓުގެ ހިދުމަތް ކެނޑޭނެތީ އެވެ.