ގްރީން ފަންޑުން 261 މިލއަން ރުފިޔާ ނަގައިފި

މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހަށް ލިބުނީ 476 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި ފަންޑުން 261 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ތަޖުރިބާކޮށްދޭން އެމްއެމްޕީއާރުސީން ގެނައި ޓީމެއް: ގްރީން ޓެކްސް ނަގަނީ ރާއްޖެ އަންނަ މީހުންގެ ބޮލަކަށް -- އެމްއެމްޕީއާރުސީ

ގްރީން ޓެކުހުގެ ފައިސާ ޖަމާކުރަން ސަރުކާރުން ހަމަޖެއްސި ގްރީން ފަންޑުން މިހާތަނަށް 261 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ކަންކަމަށް ހަރަދު ކުރަން ނަގައިފި އެވެ. 

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ގްރީން ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް މި އަހަރު 476 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މި އަހަރު މި ފަންޑުން 261 މިލިއަން ރުފިޔާ ވަނީ ހަރަދު ކުރަން ނަގާފަ އެވެ. މިހާރު މި ފަންޑުގައި ޖުމްލަ ބާކީ ހުރީ 988 މިލިއަން ރުފިޔާ އެވެ. 

ގްރީން ފަންޑުގެ މި އަހަރުގެ ހަރަދު

  •  ޖެނުއަރި - 74 މިލިއަން
  •  ފެބްރުއަރީ - 66 މިލިއަން
  •  މާރިޗް - 77 މިލިއަން
  •  އެފްރީލް - 35 މިލިއަން
  •  މެއި - 7.4 މިލިއަން

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އަދަދެއް ހަރަދު ކުރަން ނަގާފައިވަނީ މާރިޗް މަހު އެވެ. އެ މަހު 77 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ މަހު މި ފަންޑުން 7.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު ހަރަދު ކުރި ކަންތައްތަކުގެ ތެރޭގައި ފެނާއި ހަރުދަމާ އަދި ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ. މިދިޔަ މަހު މި ފަންޑުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މާލެ ސަރަހައްދުން ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތަކަށެވެ. މި މަޝްރޫއުތަކަށް 3,2 މިލިއަން ހަރަދުވެފައިވެ އެވެ. 

ގްރީން ޓެކުހުގެ ފަސްފަހަތް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.