ވޯލްޑް ބޭންކުން މަސްވެރިކަމަށް ބިލިއަން ރުފިޔާ - 40،000 މީހުންނަށް އެހީ

ވޯލްޑް ބޭންކް އެހީގެ ތެރޭން ޖުމްލަ 15 މިލިއަން ޑޮލަރު ސަރުކާރު ހާއްސަ ކުރަނީ ކުންފުނިތައް ހަރުދަނާ ކުރުމަށެވެ.

މަސް ދޯންޏެއް މަހަށް ފުރައިގެން ދަނީ: ވޯލްޑް ބޭންކު އެހީގެ ބައެއް މަސްވެރިންނަށް ލިބޭނެ -- މަސްވެރިން

ރާއްޖޭގެ މަސްވެރިކަމަށް ވޯލްޑް ބޭންކުން ދިން 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ގެ އެހީގެ ދަށުން 40،000 މީހުން ތަމްރީނުކުރާނެ އެވެ.

ވޯލްޑް ބޭންކުން ދިން އެހީ އާއި ލޯނު ހިމެނޭ ގޮތަށް ދިން މި ފައިސާގައި ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނައުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް ދިން 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ) ގެ ދެ އެއްބަސްވުމެއްކެވެ. މި ލޯނުގައި 40،000 މީހުންނަށް އެހީވުންވެސް ހިމެނެ އެވެ. 

މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް އެވެ.   

ވޯލްޑް ބޭންކު އެހީގައި ހިމެނޭ ބައިތައް

  •  ޖުމްލަ 64.8 މިލިއަން ޑޮލަރު
  •  ޖުމްލަ 15 މިލިއަން ޑޮލަރު ސަރުކާރުގެ ބައެއް ކުންފުނިތަކަށް
  •  40،000 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކް ލުއި ފަސޭހަ ލޯނު ދިނުން

ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ޒަރިއްޔާއިން ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުން ހޯދާފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.