މަތިވެރިއަށް އުފަލެއް؛ އާރުކޭ ހޭންޑްބޯލް އެކަޑަމީ އިފްތިތާހު ކޮށްފި

ރޯޔަލް ނައިޓްސް އިން ބުނި ގޮތުގައި ހޭންޑްބޯލް އެކަޑަމީއެއް އުފެއްދުމުގެ އެންމެ މައިގަނޑު ބޭނުމަކީ ހޭންޑްބޯލް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މަތިވެރީގެ ދަރިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ ދާއިރާއިން ރަށާއި އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރީން ތަކެއް އުފެއްދުމެވެ.

"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުން އަދި އެކަޑަމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާގެ ޝަރަފުވެރީން ފޮޓޯއަކަށް ހުއްޓިގެން

އއ. މަތިވެރިއަށް ނިސްބަތްވާ ކުލަބް -- ރޯޔަލް ނައިޓްސް (އާރުކޭ) އިން ހޭންޑްބޯލް އެކަޑަމީއެއް އިފްތިތާހު ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު މަތިވެރީ ޓާފްދަނޑުގައި އޮތް ރަސްމިއްޔާތެއްގައި "އާރުކޭ ހޭންޑްބޯލް އެކަޑަމީ" އިފްތިތާހު ކޮށްދެއްވީ ގައުމީ ފިރިހެން ހޭންޑް ބޯލް ޓީމުގެ ކޯޗް ހުސައިން އަޒްހަމް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ.

"އާރުކޭ ހޭންޑްބޯލް އެކަޑަމީ" އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން އެ ދެ ބޭފުޅުންގެ އެކަޑަމީގެ ނަން ލިޔެފައިވާ ބޯޑްގައިވާ ފަރުދާ ހުޅުވާލަ ދެއްވާފައެވެ. 

"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުން އަދި އެކަޑަމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާ
"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުން އަދި އެކަޑަމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

ރޯޔަލް ނައިޓްސް އިން ބުނި ގޮތުގައި ހޭންޑްބޯލް އެކަޑަމީއެއް އުފެއްދުމުގެ އެންމެ މައިގަނޑު ބޭނުމަކީ ހޭންޑްބޯލް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މަތިވެރީގެ ދަރިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ ދާއިރާއިން ރަށާއި އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރީން ތަކެއް އުފެއްދުމެވެ. 

އަދި އެކަޑަމީގެ އެންމެ ބޮޑު އުންމީދަކީ ހޭންޑްބޯލް ދާއިރާ އިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެކަޑަމީއަކަށް ވުމެވެ.

"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުން އަދި އެކަޑަމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

މަތިވެރީގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި "އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުންނާއި ކޯޗުން ވަނީ ދައްކާލާފައެވެ.

އެކަޑަމީ އުފެދުމުގެ ކުރީން ވެސް ރޯޔަލް ނައިޓްސް އިން ވަނީ އެ ކުލަބުގެ ޓީމެއް ބައެއް މުބާރާތްތަކުގައި ބައިވެރިކޮށް ރަނގަޅު ވަނަތަކެއް ހޯދާފައެވެ.

"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުން އަދި އެކަޑަމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

މަތިވެރީގައި މިހާރުވެސް ހޭންޑްބޯލް އިން ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިން އެބަ ތިއްބެވެ. އެކަޑަމީއަށް ނިސްބަތްވާ ކުޅުންތެރީން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މައިގަނޑު ފޯކަސް އަކީ މަތިވެރީ ސުކޫލު ދަރިވަރުންނެވެ. އެ ކުޅިވަރުގައި ކުރިއަަށްދާން ބޭނުންވާ ހުރިހާ ދަރިވަރުންނަށް އެކަޑަމީން ފުރުސަތު ދިނުމަކީ އުންމީދެކެވެ.

"އާރުކޭ ހޭންޑްބޯލް އެކަޑަމީ" ގެ މެންބަރުން އަދި އެކަޑަމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

ޖަމިއްޔާ / ކުލަބުތަކުގެ ހަރަކާތްތައް ވަރަށް ފުޅާކޮށް އޮތް މަތިވެރީގައި އެންމެ ހަރަކާތްތެރި ކުލަބް / ޖަމިއްޔާތަކުގެ ތެރޭގައި ރޯޔަލް ނައިޓްސް ހިމެނެ އެވެ. ޒުވާން ކުދީންތަކެއްގެ މަސައްކަތުން އުފައްދާފައިވާ އެ ކުލަބު ރަޖިސްޓްރީ ކުުރުމުގެ ކުރީން ވެސް ތަފާތު މުބާރާތްތަކާއި ރަށުގެ އިޖްތިމާއީ ތަރައްގީއަށް ކުރެވުނު އެކި މަަސައްކަތްތަކުގައި ބައިވެރިވެ ނަމޫނާ ދައްކާފައިވެއެވެ.

ރޯޔަލް ނައިޓްސް އިން ހޭންޑްބޯލް އެކަޑަމީއެއް އުފެއްދުމުން ގައުމީ ހޭންޑްބޯލް ޓީމުން ވަނީ މަރުހަބާ ކިޔާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.