އޮންއެރައިވަލް ވިސާގައި ދިވެހިންނަށް މިހާރު މިސްރަށް ދަތުރުކުރެވޭނެ

މިސްރުން މިހާރު ވަނީ އެ ގައުމަށް އޮންއެރައިވަލް ވިސާގައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނާފައެވެ.

މިސްރަށް ދަތުރުކުރާ ދިވެހީންނަށް އޮންއެރައިވަލް ވިސާގައި ދަތުރުކުރެވޭނެ ގޮތް ހަމަޖެހިއްޖެ އެވެ.

މިސްރުން މިހާރު ވަނީ އެ ގައުމަށް އޮންއެރައިވަލް ވިސާގައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނާފައެވެ. އެކަން ފާހަަގަ ކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ގައުމުގެ ވެރީންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްރަށް އޮންއެރައިވަލް ވިސާގައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ރަމްޒު ކޮށްދޭ ހެއްކެކެވެ. 

"14 ޖޫން 2023 އިން ފެށިގެން މިސްރަށް 'ވިސާ އޮން އެރައިވަލް' ލިބޭ ގައުމުތަކުގެ ލިސްޓުގައި އަލުން ދިވެހިރާއްޖެ ހިމަނުއްވައިދެއްވި ކަމަށްޓަކައި އަޅުގަނޑުގެ އަހް މިސްރުގެ ފޮރިން މިނިސްޓަރު ސަމެހް ޝުކްރީ އަށް ޝުކުރު ދަންނަވަން،" ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި ނިންމުމާއެކު ކުރީން ވިސާ ހޯދުމަކާއި ނުލައި މިސްރަށް 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.