އާބަންކޯ މޯލްޑިވްސް ލިވިން އެކްސްޕޯގެ ތެރެއަށް

ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފާނިޗާ ވިޔަފާރިތަކާއި ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން މި އެކްސްޕޯގައި ބައިވެރިވެ އެވެ.

އަބާންކޯގެ ޑީއެމްޑީ އަހުމަދު ގައިސް އާއީ ހައިރައިސްގެ އޮފިޝަލަކު ސްޕޮންސާގެ ރަމްޒް ދައްކާލަނީ
  •  މޯލްޑިވްސް ލިވިން އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ

މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައިފި އެވެ. 

ލިވިން އެކްސްޕޯ ފަށާނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. އޯގަސްޓް 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކްސްޕޯ ކުރިޔަށް ގެންދާނެ އެވެ.  

އެކްސްޕޯ ބާއްވާ ހައިރައިޒް އިންޓަނޭޝަނަލް އާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އާބަންކޯ އިން ބުނީ، އެ ކުންފުނީގެ ސްކޯޕް ބޮޑުކޮށްފައިވާ ކަމަށެވެ. އެ ގޮތުން އާބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރާއިރު ލިވިން އެކްސްޕޯއަކީ އާބަންކޯގެ އެ އަމާޒަށް ފަހި އެކްސްޕޯއެއް ކަމަށެވެ. 

ލިވިން އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ވުމަކީ އާބަންކޯއަށް އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ. މި ސްޕޮންސާޝިޕްގެ އެއްބަސްވުމުގައި އާބަންކޯއިން ސޮއި ކުރެއްވީ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސެވެ. 

  •  އެކްސްޕޯ ފަށާނީ: އޯގަސްޓް މަހުގެ 10 ވަނަ ދުވަހު
  •  އެކްސްޕޯ ނިންމާނީ: އޯގަސްޓް 12 ވަނަ ދުވަހު
މާޒީގެ ރޮނގުމަތިން - މިއީ ރާއްޖޭގެ މަޝްހޫރު ހައިރައިޒް ކުންފުނިން އަހަރަކު އެއް ފަހަރު ބާއްވަމުން ގެންދާ ވަރަށް ބޮޑު އެހައި މަގުބޫލު ފެއާ އެކެވެ. މިއީ މި ފެއާ ބާއްވަން ފެށި ފަހުން 11 ވަނަ އަހަރެވެ. އަދި މިއީ ލައިފް ސްޓައިލް އާއި ހައުސިން މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ފެންނަ ގޮތް ހަދައިދޭން ހައިރައިޒް އިން ގެނެސްދޭ ބޮޑު، އަދި ސްކަން ދީފައި އޮންނަ ފެއާއެކެވެ.

ލިވިން އެކްސްޕޯ ބާއްވަން ހައިރައިޒް އިން ފެށީ 2013 ވަނަ އަހަރު އެވެ. ބޯހިޔާވަހި ކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓަކީ މިއީ އެވެ. ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފާނިޗާ ވިޔަފާރިތަކާއި ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން މި އެކްސްޕޯގައި ބައިވެރިވެ އެވެ. އަދި މުޅި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހި ކަމާއި ގެދޮރާ ގުޅުން ހުރި މައުލޫމާތުތައް އާންމުންނަށް ދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.