ގައުމީ ކާމިޔާބީއެއް: ހުއާވޭގެ އެވޯޑެއް ރާއްޖޭގެ މެކްސްކޮމްއަށް

ހުވާވޭ ޑޭޓާ ސެންޓަރަށް ހާއްސަ މި މުބާރާތުގައި 600 ކުންފުނިން ވާދަކުރި އެވެ. މިވަނަ މެކްސްކޮމްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ސިބާހު ހޯދީ އެންމެން ބަލިކޮށްފަ އެވެ.

ދިވެހިންނަށް ދުނިޔޭގެ ފެންވަރުގައި ވާދަ ކުރެވޭނެއޭ ބުނަނީ މިހެންވެ އެވެ؛ ބޭނުން ވަނީ ފުރުސަތު ދިނުމެވެ. އެކަން ސާބިތުކޮށް ދިނީ ދިވެހި ކުންފުންޏެއް ކަމަށްވާ މެކްސްކޮމް ޓެކްނޮލޮޖީސްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ސިބާހު އެވެ. އެ ކުންފުނިން ދިން ފުރުސަތެއްގައި ދުނިޔޭގެ އެންމެ ބޮޑު ޓެލެކޮމް ޖަޔަންޓް ހުއާވޭ ކުންފުނިން ދެކުނު އިރުމަތީ އޭޝިއާއަށް ހުޅުވާލި މުބާރާތެއް ކާމިޔާބުކުރީ މި ފުރުސަތުގެ ބޭނުން ކޮށްގެނެވެ. މި މުބާރާތުގައި ދުނިޔޭގެ އެންމެ ބޮޑު އެ ކުންފުންޏާއެކު މަސައްކަތް ކުރާ ބޮޑެތި ބޮޑެތި ކުންފުނިތަކުގެ އައިޓީ މާހިރުން ވާދަކުރި އެވެ. މިއީ ކުޑަ ކާމިޔާބީއެއް ނޫނެވެ. މިއީ ރާއްޖެ އަށް ހާއްސަވާ ފަހުރުވެރި ކާމިޔާބީ އެކެވެ. 

އެވޯޑް ހިފައިގެން ރާއްޖެ ވަޑައިގެން "މި" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝިބާހު ވިދާޅުވި ގޮތުގައި އޭނާއަށް މި ފުރުސަތު ދިނުމުން އެނގެނީ މެކްސްކޮމް އިން ފަހުގެ ޓެކްނޮލޮޖީގައި ކުރިއަށް ދާން ކެތްމަދުވެފައި އޮތް މިންވަރެވެ. 

"މިއީ ވަރަށް ބައިވަރު ވަގުތާއި ބައިވަރު ހަރަދު. މިކަންތައް ކޮށްގެން މި އެޗީވްމަންޓް ލިބުނީމަ އެނގޭ މެކްސްކޮމް އިން މި އިންޑަސްޓްރީގައި ސަސްޓެއިން ވާން ބޭނުންވާ ވަރާއި ރިސޯސްގައި ހުރި ކެޕޭސިޓީގެ ވަރުގަދަކަން،" ކުރިން އާފަތިސް ނޫހުގައި ވެސް މަސައްކަތް ކުރެއްވި ޝިބާހު ވިދާޅުވި އެވެ. 

ހުއާވޭގެ މި މި މުބާރާތަށް ގޮސް ތިބީ އެކި ގައުމުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑްކޮށް ދިނުމުގައި ރާއްޖެއާ ވާދަ ކުރާ ގައުމުތަކުންނެވެ. މުބާރާތުގައި ދެކުނު އަދި އިރުމަތީ އޭޝިއާގެ 600 އެއްހާ ކުންފުނީގެ އައިޓީ ދާއިރާ އިން ވާދަކުރި އެވެ. އެކަމަކު ޝިބާހުގެ ވާދަވެރިކަންވީ އެހެން ގައުމުތަކަށް ވެސް ލިބިގެން ދިޔަ ސިހުމަކަށެވެ. 

ވަނަ ހޯދީ 600 ބައިވެރިން ބަލިކޮށް

މި މުބާރާތް ކުރިއަށް ގެންދަނީ ވާވޭ ސެޓިފައިޑް ޓެސްޓެއް އޮންނަ ގޮތަކަށެވެ. މި ޓެސްޓުން ފާސްވާ ބައިވެރިންގެ މެދުގައި ޕްރެޒެންޓޭޝަނަކާއި އިންޓަވިއުއެއް ކުރިއަށް ގެންދެއެވެ. މި އިންޓަވިއު އާއި ޕްރެޒެންޓޭޝަން ތަކުން ފުރޭނޭ ބަޔަކު އަދި އިތުރު ފައިނަލް ޓެސްޓެއްގައި ވާދަ ކުރަން ޖެހެ އެވެ. 

މުޅި މުބާރާތުން އެއްވަނަ ލިބެނީ އެ ޓެސްޓު ކާމިޔާބު ކުރާ ފަރާތަކަށެވެ. ރާއްޖޭގެ ޝިބާހު މިބައި ކާމިޔާބު ކުރީ އިތުބާރާއި ޔަގީންކަމާއެކުގަ އެވެ. ތިންވަނައެއް ހޮވި މި މުބާރާތުގެ ރަންވަނަ ޝިބާހު ހޯދީ އެންމެން ބަލި ކޮށްފަ އެވެ. ޝިބާހުއަށް ވަނަ ލިބުނީ ޑޭޓާ ސެންޓަރު ޑިޕްލޮއިމަންޓުންގެ ބައިންނެވެ. 

އެ ބައިގައި ވާދަ ކުރި ބޮޑެތި ކުންފުނިތަކުގެ މީހުން ބަލިކޮށް މިވަނަ ލިބުމަކީ ރާއްޖެއަށް ވެސް ލިބިގެން ދިޔަ ބޮޑު ޝަރަފެކެވެ. މިބައިގައި އައިޓީ ދާއިރާއިން ރާއްޖެއާ ވާދަކުރާ ސްރީލަންކާ އަދި އިންޑިއާ ފަދަ ގައުމުތަކުގެ މީހުން ވެސް ތިއްބެވެ. 

ޝިބާހުގެ މި މަސައްކަތުން ރާއްޖެއަށް މި ރީތި ނަން ހޯދައި ދިންއިރު މުބާރާތުގައި ވާދަކުރި މީހުންގެ ތެރޭގައި ރާއްޖެ ނުވެސް ދަންނަ މީހުން ތިބުމަކީ އޭނާއަށް ލިބުނު ހައިރާން ކަމެކެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ހުއާވޭގެ ތެރޭގައި ވެސް ރާއްޖެ ނޭނގޭ އެތަށް ބަޔަކު މަސައްކަތް ކުރަމުންދާކަން އޭނާއަށް އެނގުމީ މި ކާމިޔާބު އިތުރަށް ރަންވި ސަބަބެކެވެ. މިއީ ރާއްޖެއަށް ލިބުނު ބޮޑު އިޝްތިހާރެކެވެ. 

ކޮމެންޓް

2
450
އަހުމަދު
1 year ago

ސާބަސް

ފުރެނި
1 year ago

މަރުހަބާ!! ތީދިވެހިނަކީ..

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.