ހައްޔަރު ކުރި ހއ. ހޮސްޕިޓަލް މެނޭޖަރު އިންޓަގްރިޓީ ކޮމިޝަނަށް

އާދަމް ނަސީރާއި އަންހެނަކު ހައްޔަރު ކުރުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން ކަމެއް ސާފު ކުރަން ކަމަށެވެ.

އާދަމް ނަސީރު

މީހެއްގެ އަންބަކާއެކު މާލޭގެ ގެސްޓްހައުސްއަކުން ހައްޔަރުކުރި ހއ. އަތޮޅު ހޮސްޕިޓަލް މެނޭޖަރު، އާދަމް ނަސީރު / ފުލުހެއްގެ މައްސަލަ އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާނެ ކަމަށް ބުނެފި އެވެ. 

އާދަމް ނަސީރާއި އަންހެނަކު އިއްޔެ އިރުއޮއްސުނު ވަގުތު މާލޭ ގެސްޓްހައުސްއަކުން ހައްޔަރު ކުރި އެވެ. ނަމަވެސް ރޭ ވަނީ އެމީހުން ދޫކޮށްލާފަ އެވެ. 

އާދަމް ނަސީރު ފޭސްބުކްގައި ލިޔެ ފަހުން ޑިލިޓްކޮށްލި ޕޯސްޓެއް ބުނާ ގޮތުން އޭނާއާ އަންހެން މީހާ ހައްޔަރު ކުރިއިރު ތިބީ ބަރަހަނާއަށް ނޫން ކަމަށާއި ކޮޓަރިއެއްގައި ވެސް ނޫން ކަމަށެވެ. 

އާދަމް ނަސީރު ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރަން ފުލުހުން ފޮނުވީ "ވައްޑެ" ކިޔާ ފުލުހެކެވެ. އެއީ ށ. އަތޮޅުގެ ޕޮލިސް އިންޗާޖެވެ. އަދި އެއީ މީހުނަށް ބިރު ދައްކާ ބްލެކްމެއިލް ކުރާ މީހެކެވެ. އާދަމް ނަސީރު ވަނީ ޓްވީޓްކޮށް ފުލުހެއް ކަމަށް ބުނެ މީހެއްގެ ފޮޓޯއެއް އާއްމު ކޮށްފައެވެ.

އާދަމް ނަސީރާއި އަންހެނަކު ހައްޔަރު ކުރުމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން ކަމެއް ސާފު ކުރަން ކަމަށެވެ. 

ކޮމެންޓް

1
450
އަސީލާ އަލީ
1 year ago

ކޮޓަރި ތަކަށް ނުވަނުމަށް އިލްތިމާސް ކުރަން. ބަރަހަނާ ކޮށް ނުތިއްބަސް ގްރުއާން ކިޔަވާކަށް ނޫން ދެއްތޯ ތިބީކީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.