ސާޓާ އެވޯޑްސްގެ ޖަޖުކުރުން - ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ވާދައެއް

މި އެވޯޑަށް 400 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވެ އެވެ. ޖަޖު ކުރުން ސާކުގެ ގިނަ ގައުމުތަކުގައި ކުރިއަށްދާނެ އެވެ.

ސަޓާ އެވޯޑުގެ ޖަޖު ކުރުން ސްރީލަންކާގައި ކުރިއަށް ދަނީ -- ސަޓާ

ދެކުނު އޭޝިއާގެ އެއް ނަމްބަރު ޓްރެވަލް އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސާޓާ) ގައި ޖަޖު ކުރުން މި ސަރަހައްދުގައި ވަނީ ފަށާފަ އެވެ. މީގެ ބައެއް ރާއްޖޭގައި ކުރިއަށް ގެންދިޔައިރު މިހާރު ޖަޖުންގެ ބައިތައް ކުރިއަށް ދަނީ ސްރީލަންކާގަ އެވެ. އެއަށްފަހު އިންޑިއާ، ނޭޕާލް، ބޫޓާނުގައިވެސް އިންސާފު ކުރުން ކުރިއަށް ދާނެ އެވެ. މި އެވޯޑުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުކޮށް އޮތްއިރު އެންމެ ފާހަގަ ކޮށްލެވެނީ ބްރޭންޑުތަކުގައި އޮތް ވާދަވެރި ކަމެވެ. 

"ދުނިޔޭގެ ފެންވަރުގައި ބެލިޔަސް އެންމެ ވަރުގަދަ ބްރޭންޑުތަކުން އެބަ ވާދަ ކުރޭ. މިއިން އެނގެނީ އެވޯޑު ބަލައިގަތް މިންވަރު،" ސަޓާ އެވޯޑް އިންތިޒާމު ކުރާ ހައިރައިސްގެ ކޯ-ފައުންޑަރު / ޑިރެކްޓަރު އިސްމާއިލް ހަމީދު (ހައިރައިސް އިއްސެ) ވިދާޅުވި އެވެ. 

ސަޓާ އެވޯޑުގައި ވާދަކުރާ ބައެއް ބްރޭންޑް

  • ސިނަމަން ގްރޭންޑް
  • އަދާރަން
  • ޝަންގްރިއްލާ
  • ރިޒްކާލްޓަން
  • ސަން ސިޔާމް
  • ވިލާ ގްރޫޕް

ސަޓާ އެވޯޑުގައި އަގު އެވޯޑުދޭ ދާއިރާތަކުގެ ތެރޭގައި ޓްރެވަލް އެޖެންސީތަކާއި ހޮޓާ އަދި ގެސްޓްހައުސްތަކުގެ އިތުރުން އެއާލައިންތަކާއި މަންޒިލްތައް ހިމެނެ އެވެ. މި އެވޯޑު ދިނުމުގައި ޖަޖުންގެ ގޮތުގައި ބައިވެރި ވަނީ ޓޫރިޒަމް ދާއިރާގެ އެންމެ ޕްރޮފެޝަނަލް އެކްސްޕާޓުންގެ ޓީމަކުންނެވެ. 

އެވޯޑުގެ ނޮމިނޭޝަން ކުރިއަށް ދަނީ ދެކުނު އޭޝިއާގެ އެކި ގައުމުތަކުގަ އެވެ. ޖަޖިން ވެސް އޮންނަނީ އެ ގައުމެއްގައި ހުރި އެންމެ ހައިއެންޑް ހޮޓަލުގަ އެވެ. ސަބަބަކީ ޖަޖިން ޕެނަލްގައި ހައިޕްރޮފައިލް ބޭފުޅުން ތިބުމެވެ. 

ބޮޑު ވާދައެއް 400 އަށްވުރެ ގިނަ ނޮމިނޭޝަން

މި އެވޯޑަށް ނޮމިނޭޓް ކުރަން ހުޅުވާލީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށެވެ. މި އެވޯޑަށް 400 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައިވެ އެވެ. މި ފަރާތްތަކުގެ ތެރޭގައި ރާއްޖެއާއި ބަންގާޅު އަދި ސްރީލަންކާ އާއި އިންޑިއާ އަދި ބޫޓާން އާއި ނޭޕާލްގެ ޓޫރިޒަމް ވިޔަފާރިތައް ހިމެނެ އެވެ. 

މި އެވޯޑު ދެނީ އެކި ގައުމުތަކުގެ 15 އަށްވުރެ ގިނަ ފަރާތުން އެންޑޯޒްކޮށް ނުވަތަ ބަލައިގަނެގެން އެ ފަރާތްތަކުގެ ބައިވެރިވުމާއެކުގަ އެވެ. 

އެވޯޑް އޮންނާނީ ބެންގަލޫރުގައި

ސާޓާ އެވޯޑް ދިނުން އޮންނާނީ އޯގަސްޓް މަހު އެވެ. ސާޓާ އެވޯޑުގެ ގާލާނައިޓް އޮންނާނީ އިންޑިއާގެ ބެންގަލޫރުގަ އެވެ. މިއީ އިންޑަސްޓްރީގެ ގިނަ މޫނުތަކެއް އެއްތަނަކުން ބައްދަލު ވާނެ ބޮޑު ހަފުލާއަަކަށް ވާނެ އެވެ. 

ސަޓާގެ ތާރީހު - ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ނުވަތަ ސަޓާ އެވޯޑަކީ ހައިރައިޒްގެ އިވެންޓެވެ. މި އެވޯޑު ބާއްވަނީ އަހަރު އެއްފަހަރު އެވެ. މި އެވޯޑު ހާއްސަ ކުރަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިޒަމް ސިނާއަތަށެވެ.

މި އަހަރަކީ ސަޓާ ބާއްވާ ހަތް ވަނަ އަހަރެވެ. މި އެވޯޑު އެންމެ ފުރަތަމަ 2016 ވަނަ އަހަރު ބޭއްވީ ސްރީލަންކާގެ މައުންޓް ލެވީނިޔާ ހޮޓެލްގަ އެވެ. އޭގެފަހުން 2017 ވަނަ އަހަރު ރާއްޖޭގެ އައްޑޫ އީކުއޭޓަރު ވިލެޖުގައި ބޭއްވުމަށްފަހު 2018 ވަނަ އަހަރު އިންޑިއާގެ ތާޖު ޕެލަސްގައި ބޭއްވި އެވެ. އަދި 2019 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން އިވެންޓު އޮތީ ވާޗުއަލްކޮށެވެ. އޭގެގަހުން މިދިޔަ އަހަރު މި އެވޯޑު ދިނުން އޮތީ ރާއްޖޭގެ އަދާރަން ސިލެކްޓް ހުދުރަންފުށީގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.