ހަށިއްވިކާ ނެޓްވޯކެއް ހިނގި މީހާގެ ބަންދު އިތުރުކޮށްފި

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ފައިޖުލްއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް، ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހެއެކެވެ.

ކްރިމިނަލް ކޯޓް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ނެޓްވޯކެއް ހިންގާ ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ބިދޭސީ މީހާ، އެމްޑީ ފައިޖުލް އިސްލާމްގެ ބަންދު އިތުރު ކޮށްފި އެވެ.

ފުލުހުން ނުކުމެ، ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ އެ މީހާ ހައްުޔަރު ކޮށްފައި ވަނީ މިދިއަ މޭ މަހުގެ 25 ވަނަ އެވެ.

ތަފްސީލު - އެމްޑީ ފައިޖުލް އިސްލާމް ދިރިއުޅެމުން ދިޔައީ ވިލިމާލޭގަ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހަށިވިއްކުމުގެ ތުހުމަތެވެ

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ފައިޖުލްއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް، ހަށިވިއްކުމުގެ ވިޔަފާރި ކުރާ މީހެއެކެވެ. އޭނާއަށް ކުރާ ތުހުމަތުތައް ކަށަވަރު ކުރެވޭ މިންވަރަށް ކޯޓަށް ހެކި ލިބިފައި ވެއެވެ. 

ކޯޓު އޭނާގެ ބަންދު ފުރަތަމަ ޖަހައި ދިނީ އޭނާ އަކީ ބަންގްލަދޭޝް ރައްޔިތަކަށް ވުމާއި އޭނާއަކީ ހަށިވިއްކުމުގެ ވިޔަފާރީގެ އިސް ފަރާތަކަށް ވުމުން، ފިލައިގެން ދިއުމުގެ އިހްތިމާލު ބޮޑު ކަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.