ދަރުސްތަކުގައި ކެންޑިޑޭޓެއްގެ ތާއީދު ގެއްލޭ ގޮތަށް ވާހަކަ ދެއްކުން މަނާވެއްޖެ

މިއަދު އާންމުކުރި ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި ބުނެފައިވަނީ ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.

ދީނީ ދަރުހެއް ކުރިއަށް ދަނީ

ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅާ ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި އެކަން ހިމަނައިފި އެވެ.

މިއަދު އާންމުކުރި ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި ބުނެފައިވަނީ ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުތަކުގައި ދީނީ އިލްމުވެރީންގެ ތާއީދު ހޯދުމަށް ކޮންމެ ކެންޑިޑޭޓަކު ވެސް މަސައްކަތް ކުރެ އެވެ. އަދި ރާއްޖޭގައި ހުރި ގައުމީ / ސިޔާސީ މުހިންމު މައްސަލަތަކާއި ގުޅިގެން ދީނީ ނަޒަރުން ކަންކަން އޮންނަ ގޮތް ބަޔާން ކޮށް އިލްމުވެރީން ދަރުސްތައް ބާއްވަވައެވެ. އެފަދަ ދަރުސްތަކުގެ ސަބަބުން ބައެއް ސިޔާސީ ބޭފުޅުންނަށް އޮންނަ ތާއީދަށް އަސަރު ކުރެ އެވެ. ސަބަބަކީ އިލްމީ / ދީނީ ނަަޒަރަކުން ކަންކަން އޮންނަ ގޮތް އިލްމުވެރީން ސާފުކޮށް ދެއްވާތީ އެވެ.

އެފަދަ ދަރުސްތައް ބާއްވަނީ ސިޔާސީ އެއްވެސް މަގުސަދެއް ނެތި ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފާ އެ މައުލޫއިން ފައިދާ ނެގޭނެ ސިޔާސީ ބޭފުޅުން އެ ދަރުސްގެ އެކި ވާހަކަތަކުން ވާދަވެރިންނަށް ރައްދުދީ ހަދައެވެ. އަދި އެފަަދަ ދަރުސްތައް ތަކުރާރުކޮށް ޓީވީ ޗެނެލްތަކުން ދުރަށް ފޮނުވައެވެ.

ބެލެވޭ ގޮތުން ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި އެކަން ހިމަނާފައިވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށެވެ. ސަރުކާރަށް މިވަގުތު އެންމެ ފާޑުކިޔުން ބޮޑު މައްސަލައަކީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅުން ބުނާ ބުނުމެވެ. ދާދި ފަހުން "މިނިވަންކަން" ނަމުގައި އޮތްް ދަރުހެއްގައި މިނިވަންކަން ދެމެހެއްޓުމުގެ މައުލޫއަށް ޝެއިހް ދެއްވި ދަރުސްގައި ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވި ކަަމަށް ސަރުކާރަށް ތާއީދު ކުރާ މީހުން ދެކެ އެވެ. ދަރުސްގެ މުހިންމު ބައިބައި ފާހަގަކޮށް އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން ބޭނުންވެސް ކޮށްފައިވެއެވެ. ނަމަވެސް ޝެއިހްގެ ދަރުސްގައި ފާހަގަ ކުރެއްވީ ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ކަން ހިނގާދިޔަ ގޮތާއި މިނިވަންކަން ގެއްލި، މިނިވަން ކަމަށް އަސަރު ކުރި ގޮތްތަކުގެ ވާހަކަ އެވެ. ހާމަ ކޮށް ދެއްވީ ތާރީހުން ފެންނަން ހުރި ހަގީގީ ވާހަކަތަކެވެ.

އޭގެ ކުރީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި "އަންދަލުސް" ނަމުގައި ވެސް ޝެއިހަކު ވަނީ ދަރުހެއް ބާއްވަވާފައެވެ. އެ ދަރުހަކީ އަންދަލުސް އިން އިސްލާމް ދީން ނައްތާލަން ހިންގި ޖަރީމާގެ ހަގީގަތް ބަޔާން ކޮށްދެއްވާ ދެއްްވެވި ދަރުހެކެވެ. އެ ދަރުހުން ވެސް އެއް ބަޔަކު ފައިދާ ހޯދާ އަނެއް ބަޔަކަށް ތާއީދު ކުޑަވި ކަމަށް ވާހަކަ ދެކެވުނެވެ.

އެހެން ކަމުން މިހާރު ގަވާއިދު އޮތް ގޮތުން މިފަދައިން ދަރުހެއްގައި ވާހަކަ ދެއްކުން އެއީ ކެންޑިޑޭޓެއްގެ ތާއީދު ކުޑަ ކުރަން ވާހަކަ ދެއްކީ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮމެންޓް

2
450
ައަލީ ހުސައެިން
1 year ago

ވަރައް ރަނގަނޅުކަމެއް ތިކުރީ ދީން ސިޔާސީ ކުރާ މީހުންނަ މިގޮތައް ސައިޒް ކިރެވޭނީ

ހިލަބެ
1 year ago

ތާޢީދުގެއްލުނަސް އަދިއިތުރުވިޔަސް މިކަންކަމަކީ އަހަރެމެންގެ ދަރީންނަށް އެނގެންޖެހޭކަންކަން ސިޔާސީމީހުން އެކަމުގެނާޖާއިޒް ފައިދާނަގާނަމަ އެމީހުންނަށް އެފަދަ ޕާޓީތަކަށްފިޔަވަޅުއަޅާ ޖ ސަލަފުގެ މިނިވަންކަން މިދަރުހަކީ އަހަރެންގެލޯހުޅުވިގެންދިއަ ދަރުހެއް މިހާރުރާއްޖޭގެ ސިޔާސީފަރާތްތަކުން ހިންގަމުންދާކަންކަމުގައި ރައްޔިތުންނަށް ސިއްރުންކުރާކަންކަންއިތުރުވުމަކީ މިހާރުއެއްމެކަންބޮޑުވާކަން ސިއްރުއެގްރީމެންޓްތައްހަދައިގެން ވެރިކަންކުރާފަރާތްތަކުން ކަންކުރާގޮތުން މިރާއްޖެ އަޅުވެތިކަމުގެތެރެއަށް ހިނގަެިދާނެކަމުގެ ބިރުވެރި އިހްޞާސްމިހާރުވަރަށްބޮޑަށްއެބަވޭ...

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.