އެޕްރީލްގައި ތަކެއްޗާއި ހިދުމަތުގެ އަގު 0.21 ޕަސެންޓަށް އުފުލުނު

ދިވެހި ރާއްޖޭގައި ހިދުމަތާއި އަގުތައް ފެންނަ ސީޕީއައި ހިސާބުތައް ދައްކާ ގޮތުންނަމަ މިދިޔަ އެޕްރީލް މަހު މި އަހަރުގެ މާރިޗު މަހާ އަޅާ ކިޔާނަމަ ތަކެއްޗާއި ހިދުމަތުގެ އަގުތައް ވަނީ 0.21 ޕަސެންޓް އުފުލިފަ އެވެ.

މާރުކޭޓް ގޮޅިއެއްގައި މީހަކު ކެޔޮގަނޑެއް އުފުލަނީ: ތަކެތީގެ އަގު ބޮޑުވެފައިވޭ -- މި
  •  އެޕްރީލް ކަރަންޓު ބިލު ހަ ޕަސެންޓް އުފުލުނު

އަގުތައް މަތިކަމަށް ބުނެ އާއްމުންގެ ޝަކުވާ ކުރެ އެވެ. އެ ވާހަކަ ހިފައިގެން ގޮސް ސިޔާސީވެރިން ޕޯޑިއަމްތަކުގައި އެވާހަކަ ދައްކަ އެވެ. އެކަމަކު ގިނަ ފަރާތްތަކުން އަގު ތަކަށް އަންނަ ބަދަލު ހޯދައި ބަލައި ހެދުމަކީ އެހާ ޝައުގުވެރިކަން ހުންނަ ކަމަށް ނުވެ އެވެ. ނަމަވެސް އަގު ތަކަށް އަންނަ ބަދަލު ރަސްމީކޮށް ރާއްޖޭގައި އެނގެނީ ކޮންމެ މަހަކު އެއްފަހަރު މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ (އެމްބީއެސް) އިން ނެރޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިންނެވެ. 

ރާއްޖޭގެ ހިދުމަތާއި އަގުތައް ފެންނަ ސީޕީއައި ހިސާބުތައް ދައްކާ ގޮތުންނަމަ މިދިޔަ އެޕްރީލް މަހު މި އަހަރުގެ މާރިޗު މަހާ އަޅާ ކިޔާނަމަ ތަކެތީގެ އަގުތައް ވަނީ 0.21 ޕަސެންޓް އުފުލިފަ އެވެ. މިދިޔަ މަހު އެންމެ ބޮޑަށް އަގުތައް މައްޗަށް އުފުލިފައިވަނީ ގަދަ ހޫނުގެ ސަބަބުން ކަރަންޓު ބިލްތަކެވެ. މާލޭގެ ކަރަންޓުގެ ފުލް ކެޕޭސިޓީ 120 މަގަވޮޓްއާ ކައިރިއަށް ކަރަންޓު ބޭނުންކުރި އެޕްރީލްމަހު ކަރަންޓު ބިލްތައް ވަނީ 6.21 ޕަސެންޓު އުފުލިފަ އެވެ. 

އެންމެ ބޮޑަށް އަގު އުފުލުނު ދާއިރާތައް

  • ކަރަންޓް - 6.21 ޕަސެންޓް
  • ފަރުނީޗަރު 7.24 ޕަސެންޓް
  • މަތިންދާ ބޯޓް ޓިކެޓް - 3.23 ޕަސެންޓް
  • ޕާސަނަލް ކެއާ ޕްރޮޑަކްޓް - 0.75 ޕަސެންޓް
  • ވޯޓާ ސަޕްލައި - 1.25 ޕަސެންޓް
  • މިލްކް އަދި ކިރުގެ ބާވަތްތައް - 0.56 ޕަސެންޓް

މިދިޔަ އޭޕްރީލް މަހު އަގުތައް އެންމެ ބޮޑަށް މަތިވެފައިވާ އެއް ދާއިރާއަކީ ކަރަންޓުގެ އެވެ. މީގެ އިތުރުން ފަރުނީޗަރުގެ ބައިގެ އަގުތައް ވެސް ހަތް ޕަސެންޓުގެ އުފުލުމެއް ފާހަގަވެފައިވެ އެވެ. އަދި ފެން ބިލްތައް ވެސް މަތިވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. 

އަގުދަށްވި ދާއިރާތައް

  • މޮބައިލް ކޮމިއުނިކޭޝަން ދާއިރާ - 2.43 ޕަސެންޓް
  • މޮބައިލް ޓެލެފޯން - 4.84 ޕަސެންޓް
  • މަހުގެ ބާވަތްތައް - 1.34 ޕަސެންޓް
  • ތަރުކާރީ 1.13 ޕަސެންޓް
  • އެއްގަމު މަސް - 0.99 ޕަސެންޓް
  • ސީރިއަލް - 0.25 ޕަސެންޓް
  • ހެދުން - 0.35 ޕަސެންޓް
  • ތަރުކާރީ 0.35 ޕަސެންޓް

މަސް ދުވަހަށް ބަލާނަމަ އިންފްލޭޝަން ކުޑަ އުފުލުމެއް ދެއްކި ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުން މި އަހަރުގެ އެޕްރީލް މަހަށް ބަލާނަމަ ބޮޑުތަން އުފުލިފައިވާ ކަމަށް ދައްކަ އެވެ. މި މުއްދަތަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ހުރި 3.91 ޕަސެންޓް މަތީގަ އެވެ. 

ސީޕީއައި ނަގާ ގޮތް - ސީޕީއައި ހިސާބުކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.