ފުވައްމުލަކުގައި ޓައިގާ ޝާކް ބަލަން ފީނޭނީ ބޮޑު އަގު ދީގެން

ފުވައްމުލަކު ޓައިގާ ޝާކް ޑައިވް ޕޮއިންޓަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. މި ސަރަހައްދަށް ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ބަޔަކު ފީނަން ޒިޔާރަތް ކުރެ އެވެ.

ޓައިގާ ޝާކު ބަލަން ރާއްޖޭގައި ފީނަން ގިނަ ބަޔަކު ބޭނުންވެ އެވެ. މި ބާވަތުގެ މިޔަރު އުޅެން ރާއްޖޭގައި މަޝްހޫރީ ހަމައެކަނި ދެކުނުގެ ފުވައްމުލަކެވެ. އެތަނަކީ އެ ސިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު އެއް ޑައިވް ޕޮއިންޓެކެވެ. މީގެ ފަހުން އެތަނަށް ފީނާނަމަ ބޮޑު ފީއެއް ދައްކަން ޖެހޭނެ އެވެ. އެ ތަނަށް ފައިބާ ދިވެހިންގެ އަތުން 20 ޑޮލަރު އަދި ބިދޭސީންގެ އަތުން 40 ޑޮލަރުފީއެއް ގެ ކައުންސިލަށް ދައްކަން ލާޒިމްކޮށް ވަނީ ގަވައިދެއް ހަދާފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ ފުވައްމުލަކު އިހްތިސޯސުގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު، ޓޫރިޒަމް ބޭނުމަށް ބޭނުން ކުރުމުގެ ގަވާއިދުގައިވާ ގޮތުން އެ ގަވައިދު ހިނގާނީ އެއް ރަށުގެ އެ އަތޮޅުގެ އުރަފަށުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ހިމެނޭ ޓޫރިޒަމް ވިޔަފާރިއަށް ފީނާ ސަރަހައްދުތަކުގަ އެވެ. ގަވައިދު ތަންފީޒު ކުރާނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ އެންގުމަށް ފުލުހުންނާއި ސިފައިންނެވެ. 

ގަވައިދުގައިވާ ގޮތުން 15 ދުވަހުގެ މުއްދަތަށް ރާއްޖޭން ބޭރުން އަންނަ އުޅަނދުތަކާއި މީހުން އެތަން ބޭނުން ކުރާނަމަ ނަގާ އަގު ތަފާތެވެ. އަދި ގަވައިދުގައި 15 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ތިބި ވޯކްޕާމިޓް އަދި ދިވެހިންގެ އިތުރުން ސްޓޫޑެންޓް ވިސާގައި ތިބޭ ފަރާތްތަކުގެ އަތުން ނަގާ އަގު ވެސް ބުނެދީފައިވެ އެވެ. އަގު ނަގާނީ ބޮލަކަށް ޖެހޭ ރޭޓުންނެވެ. 

މި ގަވައިދުން ނަގާނެ ފީތައް

  • ބޭރުން އަންނަ އުޅަނދު ފަހަރުން 200 ޑޮލަރު
  • ފުވައްމުލަކުގައި ޑައިވް ސެންޓަރެއް ނޫންނަމަ 55 ޑޮލަރު
  • ފުވައްމުލަކު ޑައިވް ސެންޓަރުތަކުން 40 ޑޮލަރު

ފުވައްމުލަކުގެ ޑައިވް ޕޮއިންޓްތައް

  • 1.ޓައިގާ ޝާކް ޕޮއިންޓް
  • 2.ފުވައްމުލަކު ފަރިކެނޑެ ސަރަހައްދު
  • 3.އެހެނިހެން ޑައިވް ކުރާ ސަރަހައްދުތައް

އިންޑަސްޓްރީގެ ބޮޑު ކަންބޮޑުވުމެއް

މި ގަވައިދުގެ ސަބަބުން ޑައިވް އިންޑަސްޓްރީއަށް މީހުން ފޮނުވާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ފީނަން ޝައުގުވެރިކަން ހުންނަ ޓޫރިސްޓުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަފާރީތައް ބާއްވައިގެން ރާއްޖެ ވިއްކުމުގެ މަސައްކަތް އެންމެ ފުޅާކޮށް ކުރާ އެއް ކުންފުނީގެ ވެރިއަކު ވިދާޅުވީ މިހާރު ވެސް ޖީއެސްޓީއާއި އިތުރު ޓެކްސްތައް ނަގާއިރު މިގޮތަށް އިތުރު ފީތަކެއް ނެގުމުން ޓޫރިސްޓުންގެ ޝަކުވާ ބޮޑުވެ މާކެޓަށް އަސަރު ކުރާނެ އެވެ. 

"މިގޮތަށް ކޮންމެ ރަށެއްގެ ކައިރިއަށް ފީނަން ފީތަކެއް ނަގަން ފަށައިފިނަމަ މުޅި މާކެޓަށް ބޮޑު އަސަރެއް ކުރާނެ. މީގެ ސަބަބުން ގެއްލުންވާނެ،" އޭނާ ވިދާޅުވި އެވެ. 

އާއްމުކޮށް މިހާރު ޑައިވް ކުރަން އަންނަ މީހުން ފުވައްމުލަކުގައި ސަރަހައްދަށް ޕެކޭޖު ވިއްކާ އަގުތައް ، ހަތަރު ނައިޓް މީހަކަށް 1150 ޑޮލަރުން މައްޗެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.