މިހާރު މިޔަރު އާދަޔާހިލާފަށް ރާއްޖޭގައި ގިނަވެފައި ވުމުގެ ސަބަބުން މީހުނަށް ހަމަލާ ދިނުން އިތުރުވެ އެ ޝަކުވާތައް ވަރަށް ބޮޑަށް ބޮޑުވެފައި ވެއެވެ.
ފޯކައިދޫ ފަޅު ތެރެއިން މޫދު ތެރޭގައި މުށިމަސް ޖަހައިގެން މަސް ބާނަން އުޅުނު އުޅުނު މީހަކަށް އިއްޔެ އިރުއޮސުނު ވަގުތު މިޔަރު ހަމަލާ ދިނީ އޭނާގެ ނަނުގައި މަހެއް ގަނެގެން އެ މަސް ނެގުމުގެ ތެރޭ އުޅެނިކޮށެވެ. އެ މީހާގެ ފައިން ފަސް ތަނެއްގައި މިހާރު ހިފާފައި ވެއެވެ. އޭގެ ބައެއް ތަންތަނުން މަސްގަނޑު އިރައިގެން ގޮސްފައި ވެއެވެ.
އެ މިޔަރު ހަމަލާ ދޭން އައީ ގަނެފައިވާ މަހަށެވެ. ނަމަވެސް މިޔަރުގެ މިސްރާބު ބަދަލުވެ މީހާއަށް ހަމަލާ ދިނީ އެވެ.
މިޔަރު ހިފުމުގެ ސަބަބުން ޒަހަމްވް 49 އަހަރުގެ އެ މީހާއަށް ފޯކައިދޫ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާ ދީފަ އެވެ.
18 ދުވަސް ކުރިން: އަނެއްކާވެސް މިޔަރު ހިފައި މީހަކު ޒަހަމްކޮށްލައިފި
22 ދުވަސް ކުރިން: ތިނަދޫ ދޯންޏަކުން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި
ރާއްޖޭގައިޮ މިޔަރަކީ ހިމާޔަތް ކޮށްފައިވާ ދިރުމެކެވެ. މިހާރު މިޔަރު އާދަޔާހިލާފަށް ރާއްޖޭގައި ގިނަވެފައި ވުމުގެ ސަބަބުން މީހުނަށް ހަމަލާ ދިނުން އިތުރުވެ އެ ޝަކުވާތައް ވަރަށް ބޮޑަށް ބޮޑުވެފައި ވެއެވެ.