މާލެ އަތޮޅަށް އެނދު ގިނަވިޔަސް ގްރީންޓެކުސް އިތުރެއް ނުވޭ

މާލެ އަތޮޅަށް ގިނަ ޓޫރިސްޓު އެނދުތަކެއް އިތުރުވަމުން ދިޔަ ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާނަމަ ގްރީން ޓެކުހަށް އިތުރުވީ ހަތަރު މިލިއަން ރުފިޔާ އެވެ. މި މިންވަރު ކުޑަ އެވެ.

މާލެ ފަޅުތެރޭގައި ކުނި: ގްރީން ޓެކުހަށް ލިބޭ ފައިސާ ހަރަދު ކުރެވެނީ އެހެން ކަންކަމަށް

ރާއްޖޭގެ ޓޫރިޒަމްގައި އެނދުހުރި ގޮތަށް ބަލާއިރު އެންމެ ހަލުއިކޮށް އެނދު ގިނަވަނީ މާލެ އަތޮޅުގަ އެވެ. އެންމެ ގިނަ ރިސޯޓް / ގެސްޓްހައުސް ހުޅުވަނީ ވެސް މި އަތޮޅުގަ އެވެ. އެކަމަކު ކިތަންމެ އެނދެއް އިތުރު ވިޔަސް ގްރީން ޓެކްސް ނިސްބަތުން އިތުރު ނުވާކަމަށް ދައްކައިފި އެވެ. 

މި ހިސާބުތައް ފެންނަނީ ފިނޭންސުން އާއްމު ކުރާ ގްރީންފަންޑުގެ ރިޕޯޓުންނެވެ. އެޕްރީލް މަހުގެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ އެޕްރީލް މަހު މާލެ އަތޮޅުގެ ރިސޯޓް / ގެސްޓްހައުސް އަދި ހޮޓާ ތަކުން މި އަހަރުގެ އެޕްރީލް މަހު ލިބުނު ޖުމްލަ ގްރީން ޓެކުހުގެ އަދަދަކީ 33 މިލިއަން ރުފިޔާ އެވެ. 

މިދިޔަ އަހަރު ލިބިފައިވަނީ 29 މިލިއަން ރުފިޔާ އެވެ. އެހެންވެ މިދިޔަ އަހަރާއި މި އަހަރު ބަލާނަމަ އިތުރުވެފައި ވަނީ ހަތަރު މިލިއަން ރުފިޔާ ވަރެވެ. ނަމަވެސް މިދިޔަ ދެ އަހަރު ދުވަހަށް ބަލާނަމަ ހައެއްކަ ރިސޯޓް މާލެ އަތޮޅުގައި ހުޅުވާފައި ވެއެވެ. 

މާލެ އަތޮޅުގެ ގްރީން ޓެކްސް

  •  ރިސޯޓްތައް: 30 މިލިއަން
  •  ގެސްޓްހައުސްތައް: 3.1 މިލިއަން ރުފިޔާ
  •  ހޮޓާތައް: ނެތް
  •  ޖުމުލަ ގްރީން ޓެކްސް: 33 މިލިއަން

އޭޕްރީލް ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ މަހު ރިސޯޓުތަކުން ގްރީން ޓެކުހަށް ލިބުނީ 85 މިލިއަން ރުފިޔާ އެވެ. އަދި ހޮޓާތަކުން ލިބިފައިވަނީ 1.4 މިލިއަން ރުފިޔާ އެވެ. ގެސްޓްހައުސްތަކުން ލިބުނީ 5.6 މިލިއަން ރުފިޔާ އެވެ. އަދި ސަފާރީތަކުން ލިބިފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ. ހޯމްސްޓޭއަށް ލިބިފައިވަނީ 184.1 ރުފިޔާ އެވެ. އެޕްރީލް ހުރިހާ ބައިތަކެއް އެއްކޮށް ބަލާނަމަ ޖުމްލަ ލިބިފައި ވަނީ 94 މިލިއަން ރުފިޔާ އެވެ. 

ގްރީން ޓެކުހުގެ ހަރަދު ކުރި ގޮތް

  •  މި އަހަރު ލިބުނު ގްރީން ޓެކްސް: 393 މިލިއަން ރުފިޔާ
  •  ގްރީން ޓެކުހަށް ހަރަދު ކުރި: 254 މިލިއަން ރުފިޔާ
  •  ބާކީ މި ފަންޑުގައި ހުރީ: 912 މިލިއަން ރުފިޔާ
ގްރީން ޓެކުސް - ރާއްޖޭގައި ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.