ނިއުކްލިއާ ފައްކާ ކޮށްފައިވާ 220 މިލިއަން މީހުން ދިރިއުޅޭ ޕާކިސްތާނުގައި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން މާލީ ހަލަބޮލިކަން ވެސް ވަނީ ބޮޑުވެފަ އެވެ. އެ ގައުމުގެ 350 ބިލިއަން ޑޮލަރުގެ އިގްތިސޯދު ދަނީ ހަލާކު ވަމުންނެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ ސިޔާސީ ޕާޓީ އެކަށް ނައްތާލައި ވަޅުލަން ފާޅުގައި އަސްކަރިއްޔާ މަސައްކަތް ކުރެ އެވެ. އެކަމަށް ތުހުމަތު ކުރެއްވުމާއެކު އިއްޔެ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް އަސްކަރީ ކޯޓެއްގައި ޝަރީއަތްކޮށް ޖަލަށް ލާނެ ކަން އެއީ ޝައްކު ހިނގާ ކަމެއް ނޫނެވެ.
ޕާކިސްތާން ތަހްރީކް-އީ-އިންސާފް (ޕީޓީއައި) ޕާޓީއަށް ފިޔަވަޅު އެޅުމުގައި ޕާކިސްތާނުގެ އަސްކަރިއްޔާ ދެމި އޮންނާނެ ކަމަށާއި އެކަން އެގޮތަށް ނުކޮށް ސަރުކާރަށް ދެމި ނޯވެވޭނެތީ އެކަންކަން ކުރާން ސަރުކާރަށް މަޖުބޫރު ވެފައިވާ ކަމަށް އިމްރާން ހާން ވިދާޅުވެ އެވެ.
"އެއީ މުޅިން ވެސް އެސްޓޭބްލިޝްމަންޓް، ވެފައިވާ ކަންކަން" ކްރިކެޓްގެ ކުރީގެ ގައުމީ ބަތޮލު ވިދާޅުވި އެވެ. "ސާފުކޮށް އެނގޭ އެކަން، ހަގީގަތުގައި މިހާރު އެ މީހުން އެ ތިބީ ވަރަށް ފާޅުގައި"
ޕާކިސްތާނުގެ އެންމެ މަގުބޫލު ލީޑަރު އިމްރާން ހާނާއި އަސްކަރިއްޔާއާ އޮތް ނުތަނަވަސްކަން ފުޅާވެފައި ވަނީ މިދިޔަ މަހު އޭނާގެ ސަޕޯޓަރުންގެ ބަޔަކު އަސްކަރީ އިމާރާތްތަކާއި މުދާތަކެއް ފޭރިގަތް ކަމަށް އޮތް ތުހުމަތުތަކާއެކު އެވެ.
އިމްރާން ހާން ސިފަ ކުރެއްވި ގޮތުގައި އޭނާ ކުރު މުއްދަތަކަށް ހައްޔަރު ކުރުމަށް ފަހު ހިންގި ކަންކަމަކީ ސީދާ އޭނާއަށް އަމާޒު ކޮށްގެން އޭނާ ނައްތާލަން ކުރިއަށް ގެންދިޔަ ކަންކަމެވެ.
"އެއީ އަހަރެން ޖަލަށް ވައްދަން ވެގެން ކުރާ ކަންކަން... ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނަ އިންތިހާބުގައި އަހަރެން އެނބުރި ވެރިކަމަށް އައުން ހުއްޓުވަން އަސްކަރިއްޔާއިން ވަރަށް ބޭނުންވޭ،" ހާން ވިދާޅުވި އެވެ.
އަދި ވިދާޅުވި ވިދާޅުވީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ގާތްގަނޑަކަށް 150 ޖިނާއީ މައްސަލައަކީ ކުދިކުދި މައްސަލަތަކެއް ކަމަށާއި ކޮންމެ މަދަނީ ކޯޓެއްގައި ވެސް އެ ދައުވާތައް ބޭރު ކޮށްލާނެ އެވެ.
"އެހެންވީމަ އެމީހުންގެ މުޅި އަސްކަރީ ކޯޓުތަކުގެ އަމާޒަކީ އަޅުގަނޑު ޖަލަށްލުން، އަސްކަރީ ކޯޓުތަކަކީ އަހަންނަށް ހާއްސަ ކޯޓުތަކެއް ކަމާމެދު އަޅުގަނޑަކަށް އެއްވެސް ޝައްކެއް ނެތް،" ކަފާލާތުގެ ދަށުން ވީއްލިފައި ހުންނެވި އިމްރާން ހާން އިތުރަށް ވިދާޅުވި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި ޕާކިސްތާނުގެ އަސްކަރީ ކޯޓުތަކުން މީގެ ކުރިން ދައްކާފައި ވަނީ ޝަރީއަތުގެ މަޖިލީހަށް ފަރުވާ ކުޑަ ކުރުމާއި، ހާމަކަން ކުޑަ ކަމާއި، މަޖުބޫރު ކޮށްގެން އިއުތިރާފު ކުރުވުމާއި ނާއިންސާފު ޝަރީއަތްތަކަށް ފަހު މަރުގެ އަދަބު ދިނުމެވެ.
ނިއުކްލިއާ ފައްކާ ކޮށްފައިވާ 220 މިލިއަން މީހުން ދިރިއުޅޭ ޕާކިސްތާނުގައި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން މާލީ ހަލަބޮލިކަން ވެސް ވަނީ ބޮޑުވެފަ އެވެ. އެ ގައުމުގެ 350 ބިލިއަން ޑޮލަރުގެ އިގްތިސޯދު ދަނީ ހަލާކު ވަމުންނެވެ.