ފޮޓޯތަކުން އަނިޔާގެ އިންތިހާ، ދައުރު ނުކުރަން އެދިއްޖެ

ޝިއާއުގެ ހަށިގަނޑަށް ދީފައިވާ ރަހުމްކުޑަ ހަމަލާތަކާއި ފުން ޒަހަމުތަކުގެ މަންޒަރު ފެންނަ ތިން ފޮޓޯގަނޑެއް އާންމުވެފައިވެއެވެ. އެއް ފޮޓޯގައި ފެންނަނީ މަރާލުމުގެ އިރުކޮޅެއްގެ ކުރީން ޝިއާއު ކޮޅަށް ހުންނަ ފޮޓޯއެކެވެ. އެ ފޮޓޯގައި ޝިއާއު ހެދުން އަޅާފައި ހުންނަނީ ވަރަށް ނިވާކަން ކުޑަކޮށެވެ. ދެވަނަ ފޮޓޯގައި ފެންނަނީ ޝިއާއުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައި ވަނިކޮށެވެ. ބޮލާއި އަތާއި ފައި ވަނީ ބުރިކޮށްފައެވެ. އަތުގެ ވަރަށް ބޮޑު ބައެއް ވަނީ ބުރިކޮށްލާފައެވެ. އަދި ފައިގެ ބޮޑު ބައެއްވެސް އޭރު ވަނީ ބުރިކޮށްލާފައެވެ.

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 -- މި

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 މަރާލާފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް އާންމު އެ މައްސަލަ ބަލަމުންދާއިރު އަނިޔާވެރި އެ މަންޒަރު ފެންނަ ފޮޓޯތައް ދައުރު ނުކުރަން ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެ އެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައިވާ ރަހުމްކުޑަ ހަމަލާތަކާއި ފުން ޒަހަމުތަކުގެ މަންޒަރު ފެންނަ ތިން ފޮޓޯގަނޑެއް އާންމުވެފައިވެއެވެ. އެއް ފޮޓޯގައި ފެންނަނީ މަރާލުމުގެ އިރުކޮޅެއްގެ ކުރީން ޝިއާއު ކޮޅަށް ހުންނަ ފޮޓޯއެކެވެ. އެ ފޮޓޯގައި ޝިއާއު ހެދުން އަޅާފައި ހުންނަނީ ވަރަށް ނިވާކަން ކުޑަކޮށެވެ. ދެވަނަ ފޮޓޯގައި ފެންނަނީ ޝިއާއުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައި ވަނިކޮށެވެ. ބޮލާއި އަތާއި ފައި ވަނީ ބުރިކޮށްފައެވެ. އަތުގެ ވަރަށް ބޮޑު ބައެއް ވަނީ ބުރިކޮށްލާފައެވެ. އަދި ފައިގެ ބޮޑު ބައެއްވެސް އޭރު ވަނީ ބުރިކޮށްލާފައެވެ.

އެއީ އިންތިހާ އަނިޔާވެރި މަންޒަރެކެވެ. ތިންވަނަ ފޮޓޯގައި ފެންނަނީ ސިޓިންރޫމްގައި ލޭގެ ކޯރެއް ހެދިފައި ވަނިކޮށެވެ. ވަށައިގެންވާ ކަބަޑުތަކަށް ވަރަށް ބޮޑަށް ލޭ ބުރާފައި ހުރެއެވެ. ހުރިހާ ފޮޓޯތަކެއްގައިވެސް އެއްގޮތް ކަންތައްތަކެއް ހުއްޓެވެ. ފުރަތަމަ ދެ ފޮޓޯގައި ޝިއާއު ލައިގެން ހުރި އަންނައުނު އެއްގޮތެވެ. އަދި ތިން ފޮޓޯގައިވެސް ފެންނަ ތަންތަން އެއްގޮތެވެ.

އެ ފޮޓޯތަކާއި ގުޅިގެން ފުލުހުން ބުނީ އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި ތަހުގީގުގައި ބޭނުން ކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި ލީކު ކޮށްފައިވޭތޯ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.

"އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެ ފަދަ ފޮޓޯތަކަކަށް ވުމާއެކު އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ،" ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ފޮޓޯތަކުގެ ސައްހަކަން ކަށަވަރުކޮށްދީ ފޮޓޯތައް ދައުރު ނުކުރަން އެދިފައިވާއިރު މިފަދަ ފޮޓޯތަކެއް އާންމުވި ގޮތް ފުލުހުން ބަލަން ޖެހެއެވެ. މި ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން އާންމު ފޮޓޯތަކަކަށް ނުވާނަމަ މިއީ މަރުގެ ތުހުމަތަށް ހައްޔަރުކުރި ފ. ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ 22، ނަގާ މީހަކަށް ފޮނުވާފައިވާ ފޮޓޯތަކެއްތޯ ނުވަތަ ޝިއާއު މަރާލާފައި އޮއްވާ އެގެއަށް ދިޔަ ކަމަށް ބުނާ އޭނާގެ އެކުވެރިޔާ ނަގާފައިވާ ފޮޓޯތަކެއްކަން ބަލަން ޖެހެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.