މެޓް އޮފީހުން ދެންމެ ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. ވައިޓް އެލާޓް ނެެރެފައި ވަނީ ށ އަތޮޅުން ތ އަތޮޅަށެވެ. އެއީ 12 އަތޮޅެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ދެންމެ ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. ވައިޓް އެލާޓް ނެެރެފައި ވަނީ ށ އަތޮޅުން ތ އަތޮޅަށެވެ. އެއީ 12 އަތޮޅެވެ.
މެޓުން ބުނި ގޮތުގައި ވައިޓްއެލާޓް ނެރެފައިވަނީ މެންދަމު ދޭއް ޖެހުމާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މާލެ ސަރަހައްދަށްވެސް މިއަދު މޫސުން ގޯހެވެ. ކަނޑުގަދަ އެވެ. ދޭތެރެ ދޭތެރެއިން ދަނީ ވާރޭވެހެމުންނެވެ.