އެފްއެސްއެމްގެ ދެ ބޯޓު / ބާޖްގައި ތިބީ ހަތަރު ދިވެހިންންނާއި މިސްރުގެ ހަތަރު މީހެކެވެ. މިސްރު މީހުން އެ ގައުމަށް ފޮނުވާލީ އެވެ. ދިވެހީން ރާއްޖެ ގެނައީ މިދިޔަ ހުކުރު ދުވަހު އެވެ.
ހުއްދަ ނުހޯދައި ބަނދަރު ޖެހުމުން އެފްރިކާގެ އެރިޓްރިއާގައި ހިފަހައްޓާފައި އޮތް ފިއުލްސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ދެ ތެޔޮ ބޯޓު، "ރާބުޅު" އާއި"މާރެހި" ގައި ތިބި ދިވެހި ފަޅުވެރީން ރާއްޖެ ގެނެސްފި އެވެ.
އެރިޓްރިއާއިން ހިފަހައްޓާފައިވާ ދެ ބޯޓުގެ މައްސަލާގައި އެފްއެސްއެމުގެ އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ގޮތަށް ޓީމެއް ވަނީ ގޮސްފައެވެ. ފޮރިން މިނިސްޓްރީން ކުރި މަސައްކަތުން ދެ ބޯޓްގައި ތިބި ފަޅުވެރީން ވަނީ ގައުމަށް ގެނެސްފަ އެވެ.
އެފްއެސްއެމްގެ ދެ ބޯޓު / ބާޖްގައި ތިބީ ހަތަރު ދިވެހިންންނާއި މިސްރުގެ ހަތަރު މީހެކެވެ. މިސްރު މީހުން އެ ގައުމަށް ފޮނުވާލީ އެވެ. ދިވެހީން ރާއްޖެ ގެނައީ މިދިޔަ ހުކުރު ދުވަހު އެވެ.
ފަޅުވެރީން ގައުމަށް ގެނައި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ދެ ބޯޓް ވެސް ދޫކޮށް ނުލައެވެ. އެ މަޝްވަރާތައް އަދިވެސް އެބަ ހިނގައެވެ.
މިސްރުގައި ބަނދެ އެފްއެސްއެމްގެ ތެޔޮ ފްލީޓަށް އިތުރު ކުރަން އޭޕްރީލް 18 ގައި ދަތުރު ފެށީ "ރާބުޅު" އާއި "މާރެހި" އެއީ 250 ހާސް ލީޓަރުގެ ކެޕޭސިޓީގެ ކުޑަ ދެ ތެޔޮ ބާޖެވެ. ބޮޑެތި އާގު ބޯޓް ފަހަރުގައި ހުންނަ ފަދަ ކޯލް ކުރާ ވަސީލަތްތަކެއް ނުހުރެ އެވެ. ދަތުރު މަތީގައި މޫސުން ނުބައިވެ ދަތުރު ކުރެވޭ ގޮތް ނުވުމުން އެރިޓްރިއާގެ ބަނދަރު ޖެހުމަށް ކޯލް ކުރުމުން އިޖާބަ ނުދީ އޮއްވާ ދެ ބާޖުން ވަދެ ބަނދަރު ޖެހީ އެވެ. އެހިސާބުން ހިފެހެއްޓީ އެވެ.
އެފްރިކާގެ އިރުއުތުރުގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރިއާ އަކީ އެގައުމުގެ ބޯޑަރުތައް އިތިއޮޕިއާ އާއި ސޫދާން އަދި ޖިބޫޓީއާ ހިއްސާ ކުރާ ގައުމެކެވެ.
އެރިޓްރިއާގައި ހިފެހެއްޓީ 2019 ވަނަ އަހަރު އެފްއެސްއެމުން ބަންނަން ހަވާލުވި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. މީގެ ކުރިން ވެސް ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ. ހިފަހައްޓައިގެން އުޅޭ ދެ ބާޖަކީ 180،000 ލީޓަރުގެ ޑީސަލް އަދި 40،000 އާއި 60،000 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭ ކެޕޭސިޓީ ހުރި ދެ ބާޖެވެ. އެފްއެސްއެމްގެ ފްލީޓްގައި މިހާރު ވެސް 20 ބާޖު އޮވެ އެވެ.
ގަވައިދުތަކާ އެއްގޮތައް އުޅޭނަމަ ތިހެނ ނުވީސް