ޝިޔާގެ ހަށިގަނޑުގެ ފޮޓޯތަކެއް ފުލުސް ތެރޭން ބޭރުވިތޯ ބަލަނީ

ޝިއާއުގެ ހަށިގަނޑަށް ދިން ރަހުމްކުޑަ ހަމަލާތަކާއި ފުން ޒަހަމުތަކުގެ މަންޒަރު ފެންނަ ތިން ފޮޓޯއެއް އާންމުވެފައިވާ ކަމަށް ބުނެވެ އެވެ. މި ފޮޓޯތައް އާންންމުވީ ފުލުސް އިދާރާގެ ތެރެއިން ކަމަށް ތުހުމަތު ވެފައި ވެއެވެ.

ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު: އޭނާއަށް ދިން ޒަހަމްތަކުގެ ފޮޓޯތަކެއް އާންމުވެފައިވޭ

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 މަރާލާފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ފުލުސް ބުނެފި އެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައިވާ ރަހުމްކުޑަ ހަމަލާތަކާއި ފުން ޒަހަމުތަކުގެ މަންޒަރު ފެންނަ ތިން ފޮޓޯގަނޑެއް އާންމުވެފައިވާ ކަމަށް ބުނެ އެވެ. އެއް ފޮޓޯއިން ފެންނަނީ ޝިއާ މަރާލުމުގެ ކުރީން ނަގާފައިވާ ފޮޓޯއެއް ކަމަށް ވެއެވެ. ދެވަނަ ފޮޓޯގައި ބޮލާއި އަތާއި ފައި ބުރި ކޮށްފައިވާ މަންޒަރު ފެންނަ ކަމަށް ފޮޓޯތައް ފެނުނު ބައެއް މީހުންނާއި ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނެއެވެ. އަދި ޝިއާގެ ހަށިގަނޑުން ފޭބި ލޭތައް ހިކިފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް އާންމުވި ފޮޓޯތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެއެވެ. މި ފޮޓޯތައް އާންމުވީ ފުލުސް އިދާރާއިން ކަމަށް ތުހުމަތު ވެފައި ވެއެވެ.

"ވަގުތު" ނޫހުގެ މަސްއޫލުވެރިޔާ މުޝައްރަފް ހަސަން ދީދީ ރޭ ވަނީ ފުލުސް މީޑީއާ ގްރޫޕްގައި ސުވާލެއް ކުރައްވާފަ އެވެ. އޭނާގެ އެ ސުވާލާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ހަމަ އެ ގްރޫޕްގައި ވިދާޅުވީ ފުލުހުންގެ ތެރެއިން އެއްވެސް ފޮޓޯއެއް ލީކުވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމަށެވެ.

ބައެއް ނޫސްވެރީން ބުނާ ގޮތުގައި ޝިޔާގެ ހަށިގަނޑު ފެންނަ، ފޯން ސްކްރީނަކުން ނަގާފައިވާ ފޮޓޯއެއްވެސް މިހާރު ދަނީ ދައުރުވަމުންނެވެ.

މިފަދަ ފޮޓޯތަކެއް އާންމުވެ އެކަމާއި ގުޅޭގޮތުން ފުލުހުންނަށް ތުހުމަތުތަކެއް އަމާޒުވެފައި މިވަނީ ޝިޔާގެ އާއިލާއިން އެދިގެން ކަމަށް ބުނެ ޝިޔާގެ ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ތަފްސީލް ހާމަކުރަން ފުލުހުން ދެކޮޅު ހަދަމުން ދަނިކޮށެވެ. ޝިޔާގެ މަރާއި ގުޅޭގޮތުން އެކި ވާހަކަތައް ނުފެތުރުމަށް އިއްޔެ ވެސް ފުލުހުން ވަނީ ނޫސްވެރީންނަށް ހަނދާން ކޮށްދީފައެވެ. ރާއްޖެ ސިއްސުވާލި ބިރުވެރި ގަތުލާއި ގުޅޭގޮތުން ފުލުހުން އަދި ހާމަކުރީ ވަރަށް މަދު މައުލޫމާތުތަކެކެވެ. ޝިޔާގެ މަރަކީ ވަރަށް ރަހުމްކުޑަ މަރެއް ކަމަށާ އެ މަރާއި ގުޅިގެން ކުށުގެ ވެށީން މީހަކު ހައްޔަރު ކުރި ކަމަށް ބުނެ އެމީހާގެ ވަނަވަރު އާންމުކުރި އެވެ. އެއީ ފ. ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ 22، އެވެ. އޭނާގެ މައްޗަށް އޮތް ތުހުމަތަށް އެއްބަސްވެފައި ނުވާ ކަމަށާ ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލުގައި ކަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ ޝިޔާގެ ހަށިގަނޑު ބޭރަށް ފޮނުވާ ޕޯސްޓްމޯޓަމް ހައްދާފައެވެ. އޭގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.