މިސްރުން ބުނެފައިވާ ގޮތުގައި ކުރިމަތިލުންތަކާ މެދު އެ ގައުމުން ވަރަށް ބޮޑަށް ކަންބޮޑު ވެއެވެ. އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ އެވެ.
މިސްރާއި އިޒްރޭލު ގުޅޭ ސަރަހައްދު ކައިރިން ވަރުގަދަ ކުރިމަތިލުމެއް ހިނގައި އިޒްރޭލު ސިފައިންގެ ތެރޭން ތިން މީހަކު މަރާލައިފި އެވެ.
ސިފައިންގެ އެ މީހުން މަރުވީ ކުރިމަތިލުމުގެ މިސްރުގެ ފުލުހަކު ބަޑި ޖަހައިގެނެވެ. މަރުވީ ސިފައިންގެ ތެރެއިން ދެ ފިރިހެނުންނާއި އަންހެނެކެވެ.
މިއީ މެޑިޓެރޭނިއަން ކަނޑާއި މިސްރުގެ އީލާތާ ދެމެދަށް ފެތުރިފައި އޮންނަ ދެބައި ގުޅޭ ހިސާބެވެ. ދެ ގައުމުން ވެސް މިހާރު ތަހުގީގެއް ފަށާފައިވާ މި ކުރިމަތިލުން އެ ސަރަހައްދުގައި އައީ 1979 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމެއް ހެދި ފަހުން އަލަށެވެ. މިދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގަކީ 255 ކިލޯމީޓަރު ދިގު ރާސްތާގެ ސަރަހައްދެކެވެ.
މިސްރުން ބުނާ ގޮތުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް އިޒްރޭޅަށް މިސްރު ފުލުހުން ދިޔައީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕެއް ހައްޔަރު ކުރާށެވެ. އިޒްރޭލު ސިފައިންގެ މީހުނަށް ބަޑީން ހަމަލާ ދިނީ އިޒްރޭލު ސިފައިން އިސްވެ ހަމަލާ ދިނުމުންނެވެ. އޭގެ ކުރީން އިޒްރޭލު ސިފައިން ވެސް ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް އެ ސަރަހައްދުގައި ކުރިޔަށް ގެންގޮސްފަ އެވެ.
މިސްރުން ބުނެފައިވާ ގޮތުގައި ކުރިމަތިލުންތަކާ މެދު އެ ގައުމުން ވަރަށް ބޮޑަށް ކަންބޮޑު ވެއެވެ. އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ އެވެ.
ސަރަޙައްދީ ރޮނގު ހުރަސްކޮށް މިސްރުން އިޒްރޭލަށް ވަގަށް އެތެރެވާ މީހުނާއި ވަގު ވިޔަފާރި ހިންގާ މީހުން ހުއްޓުވަން ދެ ގައުމުން އޮޕަރޭޝަންތައް ހިންގަ އެވެ. އެކަމަކު ކުރިމަތުލުމަކަށް ނުދެ އެވެ.