ޓޫރިސްޓުން އިތުރު ކުރަން އެމްބަސީތަކުން ހަރަކާތްތެރިވާން ޖެހޭ: ވަލީދު

ޓޫރިޒަމް ޕްރޮމޯޝަނަށް 2017 ގައި ފަސް މިލިއަން ޑޮލަރު ހަރަދު ކުރިއިރު މިހާރު ބަޖެޓް 10 މިލިއަން ޑޮލަރަށް ބޮޑުވެފައިވެ އެވެ. ނަމަވެސް މިހާރު ވެސް ޓޫރިސްޓުން އަންނަނީ އެ އަހަރު ވެސް އައި އަދަދަށެވެ.

ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު -- މުހައްމަދު އަފްރާހު | މި

ޓޫރިޒަމް ވަރަށް ބޮޑު ވެއްޓުމަކާއެކު ތިރިއަށް "ސޮއްސާލާފައިވާ" ކަމަށާއި އަރައި ގަންނަން ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުން ހަރަކާތްތެރިވާން ޖެހޭ ކަމަށް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާގެ މަޓާޓޯގެ ނައިބު ރައީސް މުހައްމަދު ޝާޒް ވަލީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިޔަފާރިވެރިޔާ ވަލީދު، ވިދާޅުވީ ރާއްޖެ މާކެޓް ކުރަން އެމްއެމްޕީއާރްސީން މަސައްކަތްތަކެއް ކުރާ ކަމަށާ ނަމަވެސް އެމްބަސީތަކުން އެއްވެސް މަަސައްކަތެއް ކުރާތަން ނުފެންނަ ކަމަށެވެ. އެމްބަސީތަކުން ހަރަކާތްތެރި ވެގެން ނޫނީ ޓޫރިޒަމް ކުރިނާރާނެ ކަމަށް ތަޖުރިބާކާރު ޓޫރިޒަމް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. 

"އެމްބަސީތައް ވެސް މިވަގުތު އެކްޓިވޭޓްވާން ޖެހޭ. އެކި ގައުމުތަކުގައި އެމްބަސީތައް އެބަހުރި. އެކަމަކު މީގެ އެއްވެސް އެމްބަސީއަކުން ޓޫރިޒަމް ޕްރޮމޯޓް ކުރަން މަސައްކަތެއް ނުކުރޭ. އެމްބަސީތަކުން މަސައްކަތް ކުރާނަމަ ޓޫރިޒަމް ހަ ޕަސެންޓުން ހަތް ޕަސެންޓް ވަރަށް ތިރިވާން ޗާންސެއް ނުލިބޭނެ،" ވަލީދު ވިދާޅުވި އެވެ. 

"ރަޝިއާގައި ވެސް އެމެރިކާގައި ވެސް އެބަތިބި ރެޕްރެޓެންޓިވްސް. އެ ހުރިހާ މީހުންގެ ޒިންމާއެއް ނޫންތޯ... ޓޫރިޒަމް ތިރިވީމަ... އެމީހުން ޖަވާބުދާރީ ކުރެވޭ ތޯ؟" 

އޭނާ އިތުރަށް ވިދާޅުވީ ޓޫރިޒަމް ޕްރޮމޯޝަނަށް 2017 ގައި ފަސް މިލިއަން ޑޮލަރު ހަރަދު ކުރިއިރު މިހާރު ބަޖެޓް 10 މިލިއަން ޑޮލަރަށް ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ވެސް ޓޫރިސްޓުން އަންނަނީ އެ އަހަރުވެސް ޓޫރިސްޓުން އައި އަދަދަށެވެ. 

"ދެހާސް ތޭރައިގެ މެއި މަހު އައި އަދަދަށް މި އަހަރު އަންނަ ކަމަށްވާނަމަ މި މައްސަލަ ހައްލު ކުރަން ޖެހޭ، މިއީ އަޅުގަނޑުމެން ކުރާ މަސައްކަތުން ދައްކާ ފައިސާ އެއީ. އެ ފައިސާ ޔުޓިލައިޒް ކުރެވެން ޖެހޭނީ ރާއްޖެއަށް އިގްތިސޯދަށް ފައިދާވާ ގޮތަށް. އިންޑަސްޓްރީ ކުރިއަރުވަން. އަޅުގަނޑުމެން [މަޓާޓޯ] އިން ލޮބީ މި ކުރަނީ މިކަން މިހެން ނުވާތީ،" ވަލީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.