ތޫނު ހަތިޔާރުން މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ފިލާފައިވާއިރު އޭގެ ތެރެއިބން ދެ މީހަކު ފިލީ ސައިކަލްތައް ދޫކޮށްލުމަށް ފަހު އެވެ.

ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާލޭގައި މާރާމާރީ ހިންގަން އުޅުނު ގްރޫޕެއްގެ ތެރެއިން މީހަކު ހިފަހައްޓައި ރޭ ހައްޔަރަށް ނަގައިފި އެވެ. 

ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ތޫނު ހަތިޔާރު ބޭނުންކޮށް މާލޭގެ މަޖީދީ މަގުގައި ހުންނަ "ޑައިންމޯ" ކައިރިން މާރާމާރީ ހިންގަ އުޅުނު ބަޔަކު ހުއްޓުވީ އެ ހިދުމަތުގެ ހައި ވިސިބިލިޓީ ފުލުހުން ކަމަށެވެ. 

އޭގެ ތެރެއިން ފުލުހުންނަށް ހައްޔަރު ކުރެވުނީ 25 އަހަރުގެ މީހަކު އެކަންޏެވެ.

:: ހަތްދުވަސް ކުރިން: މާރާމާރީ ހިންގާ ކުއްޖަކު ޒަހަމް ކޮށްލައިފި
:: 10 ދުވަސް ކުރިން: ގެއަކަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
:: 12 ދުވަސް ކުރިން: ގުރޫޕަކުން ފުލުހަކަށް ހަމަލާ ދީފި، ހަތަރު މީހަކު ހައްޔަރު

ފުލުސް އިދާރާއިން މިއަދު ބުނީ އޭގެ ތެރޭގައި ހިމެނުނު އެހެން ބައެއް މީހުން ފިލައިގެން ގޮސްފައިވާއިރު ދެ މީހަކު ފިލައިގެން ދިޔައީ ދުއްވި ސައިކަލްތައް ދޫކޮށްލުމަށް ފަހު ކަމަށެވެ.

ދޫކޮށްލި ދެ ސައިކަލް ޓޯކޮށް، ފިލައިގެން ދިޔަ މީހުން ދެނެގެނަ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ. އެ މައްސަލައިގެ ތަހުގީގުވެސް ހިނގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.