އަލީ ރަމީޒުގެ ސިފަކުރުން: އިމްރާނަކީ ސިޔާސީ ހަށިވިއްކާ މީހެއް

އަލީ ރަމީޒު ވަނީ މޭޑޭގެ މުޒާހަރާގެ ހަނދާންތައް އާ ކޮށް އެ މުޒާހަރާގައި އާންމުން ނުރައްކަލަށްލައި އިމްރާން ފިއްލެވީ ކަމަށް ވިދާޅުވެފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު އަލީ ރަމީޒް

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ "ސިޔާސީ ހަށިވިއްކާ" ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާ ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު އަލީ ރަމީޒް، އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަލީ، މިހެން ވިދާޅުވީ ސިޔާސީ ގޮތުން ވަށައި ނުޖެހޭ އަދި އޮއްޓަރު ނުހުންނަ ޓްވީޓްތައް ކުރުން އާދައަކަށް ހައްދަވާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.  ޗާގޯސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ބޮޑު ރެލީއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށް އެކަމާ ގުޅުވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ބައެއް "ލީޑަރުން" ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގާ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާން ދޫކޮށްފައި ފިލައިގެން ދިއުން ކަމަށާއި އެއްވުންތަކުގައި ކުށްވެރި އަދަބު ލިބެނީ ނިކަމެތިންނަށް ކަމަށެވެ.

"ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ. ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް އެއްވެސް ރައްޔިތަކު މިގޮތަށްވިޔަ ނުދެއްވާ،" 

އިމްރާންގެ އެ ޓްވީޓަށް ރައްދު ދެއްވާ އަލީ ރަމީޒް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަލީ ރަމީޒު ވަނީ މޭޑޭގެ މުޒާހަރާގެ ހަނދާންތައް އާކޮށް އެ މުޒާހަރާގައި އާންމުން ނުރައްކަލަށްލައި އިމްރާން ފިއްލެވީ ކަމަށް ވިދާޅުވެފަ އެވެ.

"މުޒާހަރާގެ ބައިވެރީން ކައިރީ ބުނީ އަހަރެެން [އިމްރާން] މިދަނީ މަޣުރިބް ނަމާދަށް އިސްލާމީ މަރުކަޒަށޭ. އެންމެން އެތަނަށް އަންނާށޭ. އެއްވެސް މީހަކު ފަހަތަކަށް ނުޖެހެއްޗޭ. ވެރިކަން ވައްޓާލާފައޭ މި ފަހަރު ގެއަށް ވަންނާނީ. އެ ހުރިހާ ވާހަކައެއް ދައްކާފައި ގޮސް އޮތީ ފިލާ،" އަލީ ރަމީޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަލީ ރަމީޒު ވަނީ އިމްރާނަކީ ސިޔާސީ ހަށިވިއްކާ މީހެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

މާޒީގެ ރޮނގުމަތިން - ސިޔާސީ އެއްވުންތަކުގައި ހަމަނުޖެހުން ހިންގުމަށް ފަހު ލީޑަރުން ފިއްލަވާނެ ކަމަށް އިމްރާން ވިދާޅުވިއިރު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މޭޑޭ ބޮޑު މުޒާހަރާއެއް ބޭއްވި އެވެ.

އެ ބޮޑު މުޒާހަރާގެ އިސް ލީޑަރަކީ ދީނީ ދަންނަ ބޭކަލެއްގެ ގޮތުގައި ވެސް ހުންނަވާ އިމްރާނެވެ. އެ މުޒަހަރާގައި ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ބޮޑެތި ގިނަ ދޮގު ތުހުމަތުތަކެއް ވެސް ދަންނަ ބޭކަލު، އިމްރާން ކުރެއްވި އެވެ.

އަދި މޭޑޭގެ ބޮޑު އެއް އެއްވުމުގައި ހަމަނުޖެހުން ހިނގި ވަގުތު ދަންނަބޭކަލު އިމްރާން ވަނީ ނަމާދަށް ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެ ފިއްލަވާފަ އެވެ. އެ ދުވަހު ފުލުހުން އިމްރާން ހައްޔަރު ކުރީ އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭރު ހުންނެވި އަލީ ވަހީދާއި ދެ ބޭފުޅުން ގެއެއްގެ ތެރޭ ފިއްލަވައި ހުންނަވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.