ބީއެމްއެލް އިން ބުނީ ލީކުވެފަ ހުންނަ ޑޭޓާ ޖެޗްޖީޕީޓަ ބޭނުން ކުރާނެ ކަމަށާ، އެ ޑޭޓާ ބޭރުގެ ސައިޓަކުން ވެސް ލީކުވެފައި ހުރެދާނެ ކަމަށެވެ.
ކަސްޓަމަރުންގެ މައުލޫމާތު ލީކުވެ ގިނަ ގޯސްތަކެއް ހިނގަމުން ދާކަން ފާހަގަ ކުރެވެވެން ފެށުމާއެކު އާޓިފިޝަލް އިންޓެލިޖެންސްގެ ޗެޓްޖީޕީޓީ އަށް ފައިސާ ނުދެއްކޭ ގޮތް ހަދައިފި އެވެ.
ދުނިޔޭގައި ކުރިއަރާފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްކަމަށްވާ އޭއައިގައި ހިމެނޭ މައުލޫމާތު ފޯރުކޮށްދޭ ޗެޓްޖީޕީޓީ އަށް ފައިސާ ދެއްކުން ބްލޮކް ކުރުމާ ބެހޭ ގޮތުން ބީއެމްއެލް އިން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ކަސްޓަމަރުންގެ އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
ބޭންކުން ބުނީ އަބަދު ވެސް އިސްކަން ދޭނީ ސްޓަމަރުންގެ އެކައުންޓްތައްތައް ރައްކާތެރި ކަން އިތުރު ކުރުމަށެވެ. އެހެންކަމުން ޗެޓްޖީޕީޓީ އަށް ފައިސާ ދެއްކުން ބްލޮކް ކުރުމުގެ ފިޔަވަޅަކީ ވަގުތީ ފިޔަވަޅެކެވެ. ނަމަވެސް މި ފިޔަވަޅު އުވާލާނެ ދުވަހެއް އެ ބޭންކުން ބުނެފައެއް ނުވެ އެވެ.