ހުޅުމާލޭގެ އެ އަވަށުން ކަރަންޓު ދިއުމާ ގުޅިގެން ހިޔާ އަވަށުގައި އާބާދުވެފައި އޮތް ބައިލައްކައާ ގާތް ކުރާ ބޮޑު އާބާދީއަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީން ކަރަންޓު ކެނޑުނީ މަސައްކަތްތަކަށް މަގު ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލަކަށް ލިބުނު ބޮޑު ގެއްލުމަކާ ގުޅިގެނެވެ.
ހުޅުމާލޭގެ އެ އަވަށުން ކަރަންޓު ދިއުމާ ގުޅިގެން ހިޔާ އަވަށުގައި އާބާދުވެފައި އޮތް ބައިލައްކައާ ގާތް ކުރާ ބޮޑު އާބާދީއަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މީހުން ދިރިއުޅޭ އުސް ގިނަ ޓަވަރުތައް ހުންނަ އެ އަވަށުގެ އާންމު ދިރިއުޅުމާއި އޮފީސްތަކާއި ވިޔަފާރިއާ މަސައްކަތަށް ވެސް ބުރޫއަރައި މިވަގުތު ވަނީ އެކަށް ހިޔާއަވަށް ހުއްޓިފަ އެވެ.
ކަރަންޓު ކުންފުނި ސްޓެލްކޯއިން ބުނީ ދިމާވި އެ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮތުމުން މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
ކަރަންޓު ދިއުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.