މަގޫދޫ އެއާޕޯޓް މަޝްރޫއަކީ މިވަގުތު ފާފު އަތޮޅުގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ 232 މިލިއަން ރުފިޔާ ހަރަދު ކުރާ އެއާޕޯޓް މިހާރު އިތުރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.
ފ. މަގޫދޫ އެއާޕޯޓް ވެގެން ދާނީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ރީޖަނަލް އެއާޕޯޓަށް ކަމަށާ އެތަން ތަަރައްގީ ކުރާނީ ޕްރައިވެޓް ޖެޓް ޖެއްސޭނެ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުުރުމާއި ފެނަކަ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ފ. އަތޮޅުގައި އެއާޕޯޓެއް އަޅަން އެންމެ ރަނގަޅު ތަނަކަށް ސަރުކާރަށް ފެނުނީ މަގޫދޫ ކަމަށެވެ. އެއީ މަގޫދޫ ރައްޔިތުން ވެސް ވަރަށް ބޮޑަށް އެދެމުން ދިޔަ ކަމެއް ކަމަށާ މަގޫދޫ އެއާޕޯޓާއެކު މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފަސޭހައާއި ފައިދާތައް ވާނެ ކަމަށެވެ.
މަގޫދޫ އެއާޕޯޓް މަޝްރޫއަކީ މިވަގުތު ފާފު އަތޮޅުގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ 232 މިލިއަން ރުފިޔާ ހަރަދު ކުރާ އެއާޕޯޓް މިހާރު އިތުރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުރީން 1،200 މީޓަރުގެ އެއާޕޯޓެއް މިހާރު ވަނީ 1400 މީޓަރުގެ އެއާޕޯޓަކަށް ބަދަލު ކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފާފު އަތޮޅަކީ ފެންވަރު މަތީ ރިސޯޓްތަކެއް ހިންގަމުންދާ އަތޮޅަކަށްވާތީ މަގޫދޫ އެއާޕޯޓް ތަރައްގީ ކުރައް ވާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ.
"... އަދި މި އަންނަ ޖެޓްތައް ޕާކު ކުރެވޭނެ އިތުރު ޕާކިންް ސަރަހައްދަކާއި ވީއައިޕީ ޓާމިނަލެއް އިރާދަކުރެއްވިއްޔާ މި އެއާޕޯޓްގައި އަޅުގަނޑުމެން ގާއިމު ކުރާނަން،"
މީގެ އިތުރުން ދެވަނަ ތަނަކަށް ނުގޮސް ތެޔޮ އެޅޭނެ ފިއުލް ފާމެއްވެސް ތަރައްގީ ކުރައްވާނެ ކަމަށާ ޖެޓްތަކުގައި އަންނަ ކްރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް ވެސް މަގޫދޫގައި ހަދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑު ހިތުން މި އެއާޕޯޓް ނިމިގެންދާއިރު ރާއްޖޭގައި އޮތް ރީޖަނަލް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް އެއާޕޯޓަށް މި އެއާޕޯޓް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓް މަޝްރޫއާއެކު އެތައް ވަޒީފާތަކެއް އުފެދޭނެ ކަމަށެވެ.
ފުރަތަމަ ބްރިޖް ނިންމާފަ އެހެން ފޮނިކަނޑާބަ، ބޯހަލާކު