ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީއަކު ހައްޔަރުކޮށްފި

އެ މީހާ ބަންދު ކުރަން ނިންމީ ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިތުރުން ފިލައިފާނެތީ އެވެ. އަދި އޭނާއަކީ އަންހެނުން ރާއްޖެ އެތެރެކޮށް ހަށިވިކުމުގެ ނެޓްވޯކޮށް އުފައްދާފައިވާ އެ ނެޓްވޯކްގެ ވެރިމީހާއަށް ވެގެނެވެ.

ކްރިމިނަލް ކޯޓް

ކަސްބީން ގޮތުގައި ބޭރުން އަންހެނުން ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުވި ބަންގާޅު ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.  

ހަށިވިއްކުމުގެ ވިޔަފާރިއެއް ފުޅާކޮށް ނެޓްވޯކެއްގެ ގޮތުގައި އެ ވިޔަފާރި ކުރާ ކަމަށް އިންޓެލިގެންސަށް މައުލޫމާތު ލިބި ތުހުމަތު ވެގެން ހައްޔަރަށް ނެގީ ރާއްޖެ އައިސް ވިލިމާލޭގައި ދިރިއުޅެމުން ގެންދިޔަ އެމްޑީ ފައިޖުލް އިސްލާމް 33، އެވެ. ފުލުހުން އޭނާ ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

އެ މީހާގެ މައްޗަށް ތަހުގީގެއް ހިނގާއިރު އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ ބަންދު މުއްދަތު އިއްޔެ ދީފަ އެވެ. 

އެ މީހާ ބަންދު ކުރަން ނިންމީ ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިތުރުން ފިލައިފާނެތީ އެވެ. އަދި އޭނާއަކީ އަންހެނުން ރާއްޖެ އެތެރެކޮށް ހަށިވިކުމުގެ ނެޓްވޯކޮށް އުފައްދާފައިވާ އެ ނެޓްވޯކްގެ ވެރިމީހާއަށް ވެސް ވެގެނެވެ. 

ނުވަ ދުވަސް ކުރީން: ހަށިވިއްކަމުން ދިޔަ 13 މީހުން ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން އައި މީހަކު ހައްޔަރަށް ގެންދިޔައިރު މީގެ ނުވަ ދުވަސް ކުރީން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ 13 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. 

ފުލުސް އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ދެ ޖިންސުން 13 މީހުން ހައްޔަރު ކުރި އެވެ. އެއީ ބަންގާޅުގެ އަށް ފިރިހެނުންނާއި އެ ގައުމުގެ އަންހެނަކާއި ތައިލެންޑް ހަތަރު އަންހެނުންވެ. 

ރާއްޖޭގައި ހާއްސަކޮށް މާލޭ ސިޓީގައި މަސާޖު ޕާލާތަކުގެ ނަންނަމުގައި ވެސް ބިދޭސީން ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރެ އެވެ. އަދި މަގުމަތީ އާއި ސޯޝަލް މީޑިއާގައި ވެސް އެ ވިޔަފާރި އެފަދަ އިޝްތިހާރު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.