މެރިން އިންޑަސްޓްރީއަށް ބޮޑު ދުވަހެއް، ގަދަ މޫނުތައް އެއްތާކަށް

މެރިން އިންޑަސްޓްރީ ފޯރަމް އޮންނާނީ މާދަމަ އެވެ. މި ފޯރަމްގައި މެރިން އިންޑަސްޓްރީގެ އެކި މައްސަލަތަކަށް ހާއްސަ ޕެނަލް ޑިސްކަޝަންތައް އޮންނާނެެ އެވެ.

މެރިން އިންޑަސްޓްރިއަށް ހާއްސަކޮށް ބާއްވާ ފޯރަމްގެ އެއް ޕެނަލިސްޓް ކަމަށްވާ އަލްޝާލީ ޖީއެމް ޝަރީފު

ރާއްޖޭގެ ހުރިހާކަމެއް ގުޅިފައި ވަނީ ކަނޑުދަތުރު ފަތުރާ އެވެ. އެހެންވެ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ މެރިން އިންޑަސްޓްރީ އެވެ. މި ބޮޑު ބިޔަ އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުގެ ގިނަ މައުލޫތަކަށް މަޝްވަރާ ކުރަން މާދަމާ ބޮޑު އެއްވުމެއް އޮންނާނެ އެވެ. ގައުމީ ބޯޓިން އެސޯސިއޭޝަނުން އެންޑޯޒް ކޮށްފައިވާ މޯލްޑިވްސް މެރީން އިންޑަސްޓްރީ ފޯރަމް މާދަމާ ބާއްވާއިރު މިއީ މިފަހުގެ ތާރީހެއްގައި މި ދާއިރާގެ އެންމެ ފުންނާބު އުސް ބޭފުޅުން އެއް ތަނަކުން ފެނިގެންދާނެ ބޮޑު ބައްދަލުވުމަށްވެސް ވާނެ އެވެ. 

މީޑިއަމް ކުންފުނިން އިންތިޒާމު ކޮށްގެން މާދަމާ ހެނދުނުން ފަށާ މޯލްޑިވްސް މެރީން އިންޑަސްޓްރީ ފޯރަމްގައި ފަސް ޕެނަލް ޑިސްކަޝަނެއް ކުރިޔަށް ގެންދާނެ އެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް ފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެނެ އެވެ. އޭގެ ތެރޭގައި ސިނާއަތަށް ހިދުމަތްދޭ ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ހިމެނެ އެވެ. 

ޕެނަލް ޑިސްކަޝަންތަކާއި މި ބައްދަލުވުންތަކުގައި ބައިވެރިވާނެ މާހިރުންގެ ތެރޭގައި:  

މެރިން ލޮޖިސްޓްރިން ރެގިއުލޭޝަން

  • 1.އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު
  • 2.ސެންޗޫރިއަން ސީއީއޯ ކެޕްޓަން އަހުމަދު މައުމޫން
  • 3.ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިޝާމް
  • 4.އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
  • 5.އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރަޝީދު އިބްރާހިމް

ބޯޓިން ޓޫރިޒަމް އެންޑް ސޭފްޓީ

  • 1.ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
  • 2.ބޯޓިން އެސޯސިއޭޝަންގެ ރައީސް އަހުމަދު އަފްރާހު
  • 3.އެލައިޑް ޖީއެމް އަހުމަދު ޝާހިގު
  • 4.ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރު ހުސެއިން ނަޒީރު
  • 5.އެމްއެންޔޫ މެރިޓައިމް ސްޓަޑީޒްގެ ހެޑު ކެޕްޓަން މުހައްމަދު ޒައިދު

މި ޕެނަލް ޑިސްކަޝަންގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެ ވަޑައިގަނަވާނެ އެވެ. 

މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް ބާއްވާ ފޯރަމްގެ ބައެއް ޕެނަލިސްޓުން

ބޯޓު ބިލްޑިންގް ކަނެކްޓިވިޓީ

  • 1.އެމްޓީސީސި އިންޖިނިއަރިން ޑޮކިން ހެޑް، އަހުމަދު ޒަމީރު
  • 2.އަލްޝާލީގެ ޖީއެމް އިސްމާއިލް ޝަރީފު
  • 3.ގަލްފް ކްރާފްޓް ޖީއެމް، ކޮސްޓާސް
  • 4.ނާރެހެހި މެރިން ޗީފް ނޭވަލް އާކިޓެކްޓް އަޝްވަލް ރަޝީދު
  • 5.ނޫރަނި ޓްރެވަލް އެމްޑީ އަހުމަދު އިބްރާހިމް

ފިއުލް އެންޑް ބަންކަރިން

  • 1.ހޯކްސް ޖީއެމް ހުސެއިން އަމަން
  • 2.ވިލާ ހަކަތަ މެނޭޖަރު ސޭލްސް، އައިޝަތު އަނީކާ ނަސީރު
  • 3.އެސްޓިއޯ ޓާމިނަލް މެނޭޖަރު މުހައްމަދު ޝުއައިބް އަހުމަދު
  • 4.އެފްއެސްއެމް، އަހުމަދު ރިފްއަތު
  • 5.އޮއިލް ބިޒް ޖީއެމް، އަހުމަދު ހަލީލް

ސަޕްލައި ޑިމާންޑް އެންޑް ޗެލެންޖް

  • 1.ފިޝަރިޒް / އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
  • 2.ސީފުޑް ޕްރޮސެސާސް އެސޯސިއޭޝަންގެ ރައީސް އުމަރު ޖަމާލު
  • 3.ދިވެހި އިންޝުއަރެންސުގެ ޖީއެމް އަބްދުލް ވާހިދު ތައުފީގު
  • 4.އައިޕީއެންއެލްއެފުގެ ޑިރެކްޓަރު ޑރ. ޝިހާމް އާދަމް
  • 5.ކަޅު އޮޑިރެސްޓޯރެންޓުގެ ޝެފް ދިކުދީން މުހައްމަދު ޝުޖާއު

މި ޕެނަލް ޑިސްކަޝަންގައި ވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވަޑައިގަނެ އެވެ. 

މި އިވެންޓުގައި ކަނޑުގެ ސިނާއަތުގެ މައްސަލަތަކާ ގުޅޭ ތަފާތު މައުލޫތަކަށް ހިމެނޭ ފަސް ޕެނަލްއެއް ކުރިއަށް ގެން ދާނެ އެވެ. މި ޕެނަލްތަކުގައި ބައިވެރިވެޑައިގަންނަވާނީ މި ސިނާއަތުގެ އެންމެ ފުންނާބު އުސް ފަރާތްތަކެވެ. ރާއްޖޭގެ މެރިން އިންޑަސްޓްރީ އެއްތަނަށް އެއްވާއިރު މި އަހަރު މީޑިއަމް ކުންފުނިން ކާމިޔާބުކަމާއެކު މެރިން އެކްސްޕޯ ވެސް ވަނީ ބާއްވާފަ އެވެ. މި އިވެންޓުގައި ދުނިޔެއާއި ރާއްޖޭގެ މި ސިނާއަތުގެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.