މާރާމާރީ ހިންގި ނުރައްކާތެރި މި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީ ކުރަމުންނެވެ.
ގްރޫޕެއްގެ ބަޔަކު މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކުރީ ރ. މަޑުއްވަރީ، ދެތަނޑިމާގެ / އިބްރާހިމް ސަމީން 34، އެވެ. މި މައްސަލާގައި ސަމީން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ހާޒިރު ވުމުންނެވެ. ސަމީން ހޯދަން ވެސް ފުލުހުން އިއުލާން ކުރި އެވެ.
ފުލުހުން ބުނީ އެ ގްރޫޕްން ވަދެ އެޕާޓްމެންޓްގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށް ފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
މާރާމާރީ ހިންގި މި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީ ކުރަމުންނެވެ.