ޝިއާއުގެ ޖަނާޒާ ބާއްވަނީ ފުވައްމުލަކުގައި

ޝިއާއުގެ މަރުގެ ތުހުމަތަށް ފުލުހުން ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އަލީ ޝާހިލް، 23، ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ވެސް ޝީރުނުވިލާއިންނެވެ.

ޝިއާއު މުހައްމަދު ސައީދު: އޭނާގެ ޒުވާން އުމުރުގައި އަނިތާވެރި ގޮތަކަށް މަރާލި

ހ. ޝީރީނު ވިލާގެ ނުވަނަ ބުރީގެ އެޕާޓްމަންޓެއްގައި ބޮލާއި ހަތަރެސްފައި ބުރުކޮށްލައި މަރާލި ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ، އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ކުރިއަށްގެންދަން ނިންމައިފި އެވެ.

ޝިއާއުގެ ޖަނާޒާ ދެކުނުގެ އެ ސިޓީގައި ބާއްވަނީ އޭނާގެ އާއިލާއިން އެދިގެނެވެ. އެހެންވެ ޝިއާއުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ފުވައްމުލަކަށް ގެންދާނެ އެވެ.

ޖަނާޒާގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތެއް އަދި ސާފެއް ނުވާއިރު އޭނާގެ މަރާލި ގޮތުގެ ހަގީގަތް ދެނެ ގަތުމަށް މިދިއަ ބުރާސްފަތި ދުވަހު ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ފަހު އިއްޔެ އިރު އޮއްސުނު ވަގުތު ވަނީ ހަށިގަނޑު މާލެ ގެނެސް ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާ ކުރާ ފިނިކޮށާރު / މޯޗަރީއަށްލާފަ އެވެ.

އޭނާގެ ޕޯސްޓްމޯޓަމްގެ އޮޓަޕްސީ ރިޕޯޓް ލިބޭނެ ދުވަހެއް އަދި ފުލުސް އިދާރާއިން ނުބުނެ އެވެ.

ޝިއާއުގެ މަރުގެ ތުހުމަތަށް ފުލުހުން ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ އަލީ ޝާހިލް، 23، ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ވެސް ޝީރުނުވިލާއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.