ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ވީއައިއޭ އިން ރާއްޖޭގެ 14 އަތޮޅެއްގައި ހިމެނޭ 80 އަށް ވުރެ ގިނަ ރިސޯޓަށް ޓީއެމްއޭ ދަތުރު ކުރެ އެވެ.
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް ގެނެސް ފްލީޓަށް އިތުރު ކޮށްފި އެވެ.
އެ ކުންފުނިން އަލަށް ގެނައީ DHC-6 ޓްވިން އޮޓާސް މަރުކާގެ ސީޕްލޭނެކެވެ. ޓީއެމްއޭ ފްލީޓަށް މި ބޯޓް އިތުރު ކުރުމުން ސީޕްލޭންގެ އަދަދު 59 އަކަށް އިތުރުވީ އެވެ.
ޓީއެމްއޭއިން ބުނާ ގޮތުގައި މިއަހަރު ނިމޭއިރު އެއް މިލިޔަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ ޑިމާންޑާ އެއްވަރަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އިތުރު ބޯޓެއް މި އަހަރު އަދި ގެންނާނެ އެވެ. މި އަހަރު ދެ ބޯޓު އިތުރު ކުރަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އާ ރިސޯޓުތައް ވެސް ހުޅުވޭތީ އެވެ.
ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ވީއައިއޭ އިން ރާއްޖޭގެ 14 އަތޮޅެއްގައި ހިމެނޭ 80 އަށް ވުރެ ގިނަ ރިސޯޓަށް ޓީއެމްއޭ ދަތުރު ކުރެ އެވެ.