އައްބާސް ވަނީ އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށް ވިދާޅުވެ ޖޫން ދެވަނަ ދުވަހު މާލެ ދެވޭތޯ މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވެފައެވެ.
ފިލައިގެން ނޫޅޭ ކަަމަށާ މިވަގުތު ރާއްޖެއިން ބޭރުގައި ހުރީ ދައުލަތުގެ އިދާރާތަކަށް އެނގިގެން ކަމަށް އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އިންޑިއާ ހައިކޮމިޝަނުގައި ހުޅު ޖަހައި އަންދާލަން ގޮވާލި މައްސަލައިގައި ރިޒާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އިއުލާނު ކުރުމާއި ގުޅިގެންނެވެ.
އައްބާސް ވިދާޅުވީ ފުލުހުންގެ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ޖަނަވަރީ 13 ގައި އަމުރުކުރީ 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ތުހުމަތު އޮތް މައްސަލަ ތަހުގީގުކޮށް ނިންމާ އެ މުއްދަތުގަައި ތަހުގީގަށް އެއްބާރުލުން ދިނުމަށް އޭނާގެ މައްޗަށް އަމުރު ކުރުމަށް ފަހު ކަމަށެވެ. އެ މުއްދަތު ފެބްރުއަރީ 13 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާ އޭގެ ފަހުން އޭނާގެ ބައްޕަގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރީ ކޯޓްގައި އެއްވެސް މައްސަލައެއް ނެތް ވަގުތެއްގައި ކަމަށެވެ.
"އަޅުގަނޑު ރާއްޖެއިން ފުރީ އަޅުގަނޑުގެ ރާއްޖޭގެ އެންމެހައި ގާނޫނާއި ގަވާއިދުގެ ތެރޭގައިކަން ސަރުކާރުގެ އިދާރާތަކަށް އެނގެން އޮންނާނެ އެވެ. އަދި އަޅުގަނޑުގެ ޓިކެޓާއި ދަތުރުކުރީ ކޮން އެއާލައިން އަކުން ކަމާއި އަޅުގަނޑުގެ ޑެޝްޓިނޭޝަން އޮތީ ކޮން ގައުމަކަށް ކަމާއި އަދި މިވަގުތުވެސް އަޅުގަނޑު މި ހުރީ ކޮން ގައުމަކު ކަމާއި އަޅުގަނޑުގެ ލޮބުވެރި ބައްޕަ ބޭސްފަރުވާ ހޯއްދަވަނީ ކޮން ހޮސްޕިޓަލެއްގައި ކަމާއި މި އެންމެހައި މައުލޫމާތު ދިވެހި ސަރުކާރުގެ އިދާރާތަކުގައި ހުންނާނެ ކަން އަޅުގަނޑު ހާމަކޮށްދެމެވެ،"
އައްބާސް ވަނީ އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށް ވިދާޅުވެ ޖޫން ދެވަނަ ދުވަހު މާލެ ދެވޭތޯ މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވެފައެވެ.