އެފްރިކާގެ އިރުއުތުރުގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރިއާ އަކީ އެގައުމުގެ ބޯޑަރުތައް އިތިއޮޕިއާ އާއި ސޫދާން އަދި ޖިބޫޓީއާ ހިއްސާ ކުރާ ގައުމެކެވެ.
ހުއްދަ ނުހޯދައި ބަނދަރު ޖެހުމުން އެފްރިކާގެ އެރިޓްރިއާގައި ހިފަހައްޓާފައި އޮތް ފިއުލްސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ދެ ތެޔޮ ބޯޓު، "ރާބުޅު" އާއި"މާރެހި" ދޫކޮށް ނުލާ ކަމަށާއި އެހެން ނަމަވެސް އޭގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށް އެފްއެސްއެމުން ބުނެފި އެވެ.
ދެ ބޯޓާއި ދިވެހި ފަޅުވެރިންނާ ބެހޭ ގޮތުން އޮތް އަޕްޑޭޓެއްގެ ގޮތުގައި އެފްއެސްއެމުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު "މި" ނޫހަށް މައުލޫމާތު ދެއްވައި ވިދާޅުވީ އެރިޓްރިއާއިން ހިފަހައްޓާފައިވާ ދެ ބޯޓުގެ. މައްސަލާގައި އެފްއެސްއެމުގެ އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ގޮތަށް ޓީމެއް / ވަފުދެއް އެ ގައުމަށް ދަތުރު ކުރަން ތައްޔާރުވަމުން ގެންދާ ކަމަށެވެ.
ގަސްމް އަދި ވިދާޅުވީ އެރިޓްރިއާ އިން ލޯޔަރުން ވެސް އެފްއެސްއެމަށް ހަމަޖައްސައި މީޓީންތައް ވެސް ސެޓް ކޮށްފައިވާ ކަމަށާއި ޓީމުގެ ދަތުރު ފަށާއި ބައްދަވުންތަކެއް ބޭއްވުމާ ހަމައަށް ނުދަނީސް މި މައްސަލާގައި ކުރާ ޖޫރިމަނާއެއްގެ އަދަދު ސާފު ނުވާނެ ކަމަށެވެ.
"އެ ދެ އުޅަނދުގައި ތިބި ދިވެހި ފަޅުވެރިންގެ ހާލު ރަނގަޅު، އެމީހުން ކަންކަން އަޅުގަނޑުމެން ބަލަމުން ގެންދަން" ގަސަމް ވިދާޅުވި އެވެ.
އެފްއެސްއެމްގެ ދެ ބޯޓު / ބާޖްގައި ތިބީ ހަތަރު ދިވެހިންންނާއި މިސްރުގެ ހަތަރު މީހެކެވެ. އެ މީހުން މިސްރުން ފެށި ދަތުރުގައި އެރިޓްރިއާއަށް ވަދެ ބަނދަރު ޖެހީ އޭޕްރީލް 26 ގައެވެ. މީހުނާއި ދެ ބާޖް އެ ގައުމުގައި ހިފަހައްޓާފައި އޮންނަތާ 28 ދުވަސް ވެފައި ވެ އެވެ. ދެ ބާޖުހައި ތިބީ ހަތަރު ދިވެހިންންނާއި މިސްރުގެ ހަތަރު މީހެކެވެ.
އެ މީހުނާއެކު ދެ އުޅަނދު ހިފަހައްޓާފައި އޮތްކަން އާންމުންނާ ހަމައަށް ތިލަވީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭގެ ކުރީން އެ މައުލޫމާތު އެފްއެސްއެމާއި ސަރުކާރުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
މިސްރުގައި ބަނދެ އެފްއެސްއެމްގެ ތެޔޮ ފްލީޓަށް އިތުރު ކުރަން އޭޕްރީލް 18 ގައި ދަތުރު ފެށީ "ރާބުޅު" އާއި "މާރެހި" އެއީ 250 ހާސް ލީޓަރުގެ ކެޕޭސިޓީގެ ކުޑަ ދެ ތެޔޮ ބާޖެވެ. ބޮޑެތި އާގު ބޯޓް ފަހަރުގައި ހުންނަ ފަދަ ކޯލް ކުރާ ވަސީލަތްތަކެއް ނުހުރެ އެވެ. ދަތުރު މަތީގައި މޫސުން ނުބައިވެ ދަތުރު ކުރެވޭ ގޮތް ނުވުމުން އެރިޓްރިއާގެ ބަނދަރު ޖެހުމަށް ކޯލް ކުރުމުން އިޖާބަ ނުދީ އޮއްވާ ދެ ބާޖުން ވަދެ ބަނދަރު ޖެހީ އެވެ. އެހިސާބުން ހިފެހެއްޓީ އެވެ.
އެފްރިކާގެ އިރުއުތުރުގެ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރިއާ އަކީ އެގައުމުގެ ބޯޑަރުތައް އިތިއޮޕިއާ އާއި ސޫދާން އަދި ޖިބޫޓީއާ ހިއްސާ ކުރާ ގައުމެކެވެ.
އެރިޓްރިއާގައި ހިފެހެއްޓީ 2019 ވަނަ އަހަރު އެފްއެސްއެމުން ބަންނަން ހަވާލުވި ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. މީގެ ކުރިން ވެސް ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ. ހިފަހައްޓައިގެން އުޅޭ ދެ ބާޖަކީ 180،000 ލީޓަރުގެ ޑީސަލް އަދި 40،000 އާއި 60،000 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭ ކެޕޭސިޓީ ހުރި ދެ ބާޖެވެ. އެފްއެސްއެމްގެ ފްލީޓްގައި މިހާރު ވެސް 20 ބާޖު އޮވެ އެވެ.