އެއީ ސީދާ ޒަރީރު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ކަމެއް ފުލުހުން ނުބުންޏަސް، ގައްބަރޭ ހޯދަން އިއުލާނު ކުރީ އެ މައްސަލައިގައިކަން ޔަގީން ކުރެވިފައިވެ އެވެ.
މަތިވެރީ ދާއިރާގެ މެންބަރު އަހްމަދު ޒަރީރު އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހޯދަން އިއުލާނު ކުރި، ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ 32، އަމިއްލައަށް މިއަދު ހެނދުނު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރު ކޮށްފި އެވެ.
ގައްބަރޭގެ ނަމުން މަޝްހޫރު އިބްރާހިމް އަބްދުﷲ އަކީ އެމްޑީޕީގެ ދާއިރާގެ ރައީސެކެވެ. އޭނާ ހޯދަން އިއުލާނު ކުރީ މި މަހުގެ 15 ދުވަހު އެވެ.
ގައްބަރޭ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކަ އެވެ.
އެއީ ސީދާ ޒަރީރު އަވަހާރަ ކޮށްލަން އުޅުނު މައްސަލާގައި ކަމެއް ފުލުހުން ނުބުންޏަސް، ގައްބަރޭ ހޯދަން އިއުލާނު ކުރީ އެ މައްސަލައިގައިކަން ޔަގީން ކުރެވިފައިވެ އެވެ.
ޒަރީރަށް ހަމަލާ ދީ ޒަހަމްކޮށްލީ މާލޭގެ ޓީވީއެމް ކައިރީ ހުންނަ "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ގެ ތެރެއިންނެވެ.
މޫނު ނިވާ ކުރުމަކާ ވެސް ނުލައި މެންބަރުގެ ކުރިމައްޗަށް އަރައި އެރޭ ފުރަތަމަ ހަމަލާ ދީފައި ވަނީ އަތް އިސްކޮށްގެނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.